ބްރިޖުގެ މައިގަނޑު 5 ތަނބުގެ ތެރެއިން ފުރަތަމަ ތަނބުގެ މަސައްކަތް ފަށައިފި

ޗައިނާ މޯލްޑިވް ފްރެންޑްޝިޕް ބްރިޖްގެ މައިގަނޑު ފަސްތަނބުގެ ތެރެއިން ފުރަތަމަ ތަނބުގެ ކޮންކްރީޓް މަސައްކަތް ފަށައިފިއެވެ.

ޗައިނާގެ ސީސީސީސީ ސެކަންޑް ހާބަރ އިންޖިނިއަރިންގ ކުންފުނިންދަނީ ހުޅުލެ އަދި މާލެ ކޮޅުން ބްރިޖުގެ މަސައްކަތް ކުރަމުން އަންނަ އިރު، މި މަސައްކަތުގެ ތެރެއިން މިހާރު ވަނީ މައިގަނޑު ތަނބުގެ ތެރެއިން ހުޅުލޭކޮޅުން ފުރަތަމަ ތަނބުގެ މަސައްކަތް ފަށާފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ބްރިޖުގެ މައިގަނޑު ފަސް ތަނބުގެ މަސައްކަތާއި ހުރިހާ ޕައިލް ކޮންކްރިޓީން އަންނަ އަހަރުގެ މެދެތެރެއަށް ނިންމުމަށް ވަނީ ތާވަލް ކޮށްފައެވެ. އަދި ބްރިޖުގައި ޖުމްލަ 35 ޕައިލް ހިމެނޭ އިރު، މައިގަނޑު ކޮންމެ ތަނބެއްގައި 7 ޕައިލް ހުންނާނެއެވެ.

ކޮންމެ ޕައިލެއްގެ ފުޅާމިނަކީ 3.2 ޑައިމީޓަރު، މާލެކޮޅުން މައި ބްރިޖަށް އަރަން ހަދާ އެޕްރޯޗް ބްރިޖްގައި 74 ޕައިލް ހިމެނޭއިރު މީގެ ތެރެއިންވެސް 12 ޕައިލްގެ ކޮންކްރީޓް މަސައްކަތް ނިމިފައިވާކަމަށްވެސް މިނިސްޓަރ  ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ހުޅުލެ މާލެ ގުޅުވައިދޭ ބްރިޖަށް ޖުމްލަ 210 މިލިއަން ޑޮލަރު ޚަރަދުވާ އިރު، އޭގެތެރެއިން 12.6 މިލިއަން ޑޮލަރ ޚަރަދު ކުރުމަށް ނިންމާފައިވަނީ ދިވެހި ސަރުކާރުގެ ބަޖެޓުންނެވެ. އަދި 124 މިލިއަން ޑޮލަރު ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ  ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ.

މަސައްކަތް މިހާރު ފަށާފައިވާ ތަނބުގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.