ޒުވާން ޚަތީބުން މާލޭގެ ބައެއް މިސްކިތްތަކުގައި އިމާމުވެ ހުކުރު ނަމާދުކޮށްފި

އޯލެވަލް އަދި އޭލެވަލް ނިންމާފައިވާ ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ހުތުބާކިޔުމުގެ ހުއްދަ ދޭން ނިންމާ ތަމްރީން ކުރި ޒުވާނުންގެ ތެރެއިން ބައެއް ޒުވާނުން މާލެ ސަރަހައްދުގެ ބައެއް ބޮޑެތި މިސްކިތްތަކުގައި މިއަދު ޚުތުބާ ކިޔައި، އިމާމުވެ ނަމާދު ކޮށްފި އެވެ.

އެގޮތުން ތަމްރީން ކުރި ޒުވާނުންގެ ތެރެއިން އިމާމުވެ މިއަދު ހުކުރު ނަމާދު ކުރީ ހަތަރު ޒުވާނުންނެވެ. އެއީ ސުލައިމް މުހައްމަދު ލަތީފާއި، އަބްދުލްމަތީން މުހައްމަދާއި، ނައުފާން ނިޔާފްގެ އިތުރުން ހުސައިން ޒައިން އަލީ އެވެ.

އިޝްތިހާރު full width ad 1200 x 150

ސުލައިމް އިމާމުވެ ހުކުރު ނަމާދު ކުރީ ތައިބާ މިސްކިތު ގައެވެ. އަބްދުލްމަތީން އިމާމުވެ ހުކުރި ކުރީ އީދު މިސްކިތު ގައެވެ. ނައުފަން އިމާމުވެ ހުކުރީ މާލޭ ހުކުރު މިސްކިތު ގައެވެ. އަދި ޒައިން އިމާމުވެ ހުކުރު ކުރީ ހުޅުމާލޭގެ މަސްޖިދުލް އަމާނީ ގައެވެ.

އޯލެވަލް އަދި އޭލެވަލް ނިންމާފައިވާ ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ހުތުބާކިޔުމުގެ ހުއްދަ ދޭން ނިންމާ އެކަމަށް ކުރިމަތިލުމަށް އިސްލާމިކް މިނިސްޓްރީން މިދިޔަ ޑިސެމްބަރު 10 ވަނަ ދުވަހު ހުޅުވާލި ފުރުސަތު ހަމަވިއިރު 160 ޒުވާނުން ކުރިމަތިލި އެވެ. އެގޮތުން ކުރިމަތިލި ޒުވާނުންނާ އިންޓަވިއު ކުރުމަށްފަހު ހޮވާލެވުނު ބައެއް ކުދިން ތަމްރީންކޮށްފައިވެ އެވެ. އަދި މިއަދު ހުކުރު ކުރި ޒުވާނުންނަށް މިހާރު ވަނީ ހުތުބާ ކިޔުމާއި އިމާމުވެ ނަމާދުކުރުމުގެ ހުއްދަ ވެސް ދީފަ އެވެ.

ބައެއް މިސްކިތްތަކުގެ އިމާމުންގެ ބެލުމުގެ ދަށުން މިހާރުވެސް ބައެއް ޒުވާނުން އިމާމުވެ ނަމާދު ކުރެ އެވެ. ނަމަވެސް ހުކުރުކޮށް ހުތުބާ ކިޔުމުގެ ފުރުސަތު މީގެކުރިން ދިނީ ހަމައެކަނި ހުއްދަ އޮންނަ ބޭފުޅުންނަށް އެކަންޏެވެ.

އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ މާސްޓާސްއާ ހަމައަށް ކިޔަވާފައިވާ އިމާމުންނަށް ޕީއެޗްޑީއަށް ކިޔެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ މަސައްކަތްވެސް ފަށާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.