އާދަމް އަޔާޒް (އެޑަމް) އާޒިމާ ޝަކޫރަށް ތާޢީދުކުރައްވާ އާޒިމާގެ ކެމްޕެއިނާ ގުޅިވަޑައިގެންފި

ޕީޕީއެމް ޕީއެންސީ ރައްޔިތުންގެ މަޖިލީހުގެ ޓިކެޓަށް ހުޅުމާލެ މެދު ދާއިރާއަށް ވާދަކުރައްވާ އާދަމް އަޔާޒް އިބްރާހީމް، ޕީޕީއެމް/ ޕީއެންސީގެ ޓިކެޓުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނާއިބު އުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރަށް ތާޢީދުކުރައްވައި، އެކަމަނާގެ ކެމްޕެއިނާ ގުޅިވަޑައިގެންފިއެވެ.

SHM8651 1

އިޝްތިހާރު Below Header ad

އާދަމަ އަޔާޒްގެ ކެމްޕެއިން ޕޭޖުގައި ހާމަކޮށްފައިވާ ގޮތުގައި މިއަދު،19 ޑިސެމްބަރު2023 ވަނަ ދުވަހު ހަވީރު އެޑަމްސް ބައިޓް ކެފޭގައި މިކަމަށްޓަކައި ވަނީ ޙަފްލާއެއް ބާއްވާފައެވެ. މިޙަފްލާގައި ދެފަރާތުގެ ކެމްޕެއިން ޓީމުގެ އެކި ބޭފުޅުންނާއި، އާދަމް އަޔާޒް އަދި އާޒިމާ ޝަކޫރު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އާޒިމާގެ ކެމްޕެއިނާއި އެޑަމް ގުޅިވަޑައިގެން، ހުޅުމާލޭގައި އާޒިމާގެ ކެމްޕެއިން ޙަރަކާތްތައް އެޑަމްގެ ކެމްޕެއިން ޓީމުގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާނެ ކަމަށާއި، ކެމްޕެއިންގެ އެންމެހާ ކަންކަން ކުރިއަށް ގެންދާނީ އާޒިމާގެ މަޝްވަރާއާއި އެކުގައި ކަމުގައިވެސް އެޑަމްގެ ކެމްޕެއިން ޕޭޖުގައި ހާމަކޮށްފައި ވެއެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ކަމުގެ މަޤާމަށް ޕީޕީއެމް ޕީއެންސީގެ ޓިކެޓު ލިބިވަޑައިގެން އާޒިމާ ވާދަކުރައްވާއިރު، އާޒިމާގެ އިތުރުން ހަތަރު ބޭފުޅަކު ގެންދަވަނީ މިމަޤާމަށް ވާދަކުރައްވަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.