ކެފޭ މިއަދު ހުޅުވެން ނެތީ ހެލްތު މިނިސްޓްރީގެ ހުއްދަ ނުލިބިގެން. އެއީ ސިޔާސީ ކަމެއް.. ސަލީމް

ކެފޭ މިއަދު ހުޅުވެން ނެތީ ހެލްތު މިނިސްޓްރީގެ ހުއްދަ ނުލިބިގެން ކަމަށާއި އެއީ ސިޔާސީ ކަމެއްކަމަށް ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަޙްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ކުރީކޮޅު ހުޅުމާލޭގައި ހުޅުވި ސުޕަރމާޓާއެކު ހުޅުވަން ނިންމާފައިވާ ރެސްޓޯރަންޓު / ކެފޭ ނުހުޅުވި ލަސްވާ ސަބަބާއި ބެހޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ސަލީމު ވިދާޅުވީ ކުރީގެ އެއްބަސްވުމުގައިވާ ގޮތުން ރެސްޓޯރަންޓް ހިންގަން ފަށަން ޖެހެނީ އަންނަ މަހުގެ 12 ވަނަ ދުވަހުގެ ކުރިން ކަމަށެވެ.

އިޝްތިހާރު Below Header ad

ނަމަވެސް އެޗްޑީސީން ފޮނުވި ލިޔުމެއްގައި މިމަހުގެ 9 ވަނަ ދުވަހުގެ ކުރިން މިތަނުގައި ރެސްޓޯރަންޓެއްގެ ޚިދުމަތް ދޭން ނުފަށައިފިނަމަ ބިން އަތުލާނެ ކަމަށް ބުނެފައިވާތީ މިއަދު ކެފޭ ހުޅުވުމަށް ބޭނުންވާ ހުއްދަތައް ހޯދުމުމުގެ މަސައްކަތްކުރިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި ކެފޭގެ ވިޔަފާރި ފެށުމަށް ރެޑްވޭވް އިން މިހަފްތާ ތެރޭގައި ޖީއެސްޓީއަށް ރަޖިސްޓްރީކޮށް ވިޔަފާރި ހިންގުމުގެ ހުއްދަ ނަގާފައިވާ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

ސަލީމު އިތުރަށް ވިދާޅުވީ ހުއްދަ ތައްޔާރުކޮށް ނިމިފައިވާތަން ފެނިފައިވާ ކަމަށާއި ހުއްދައާ ހަމައަށް ގެންދިޔުމުން “މަތިން އަންގައިގެން ”  ހުއްދަ ދިނުން މަޑުޖައްސާލާފައިވާކަމަށް ކަމާބެހޭ ދެ މުވައްޒަފުންވެސް އޭނާ ގާތު ބުނެފައިވާކަމަށާއި ހުއްދައާބެހޭ ޑިޕާޓުމަންޓުގެ ވެރިޔާ އާއި ބައްދަލުކުރަން އެދުމުން ބައްދަލުކުރެވެން ނެތްކަމަށް އެފަރާތުން އަންގާފައިވާ ކަމަށްވެސް ސަލީމު ވިދާޅުވިއެވެ.

15 އަހަރަށް ކުއްޔަށް ހިފައިގެން ހިންގާ ފިހާރައިގެ ފުރަތަމަ 5 އަހަރު ކުލީގެ ގޮތުގައި 230،000ރ. ކޮންމެ މަހަކުވެސް ދައްކަން ޖެހޭ އިރު، ބަރާބަރަށް ކުލި ދައްކަމުން އަންނަ ކަމަށާއި ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނުދައްކާ ނޯންނާނެ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ  ވިޔަފާރީއަށް ގެއްލުން ދެނީ ސިޔާސީ ބޭނުމެއްގައި ކަމަށާއި ކޯޓަށް ގޮސްގެން ނަމަވެސް އިންސާފު ހޯދަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.