ގްލާސް ރިޕޯޓް ތައްޔާރުކުރުމަށް މަޝްވަރާ ބައްދަލުވުމެއް ފަށައިފި

ދިވެހިރާއްޖޭގެ 2016 ވަނަ އަހަރުގެ ގްލޯބަލް އެނަލައިސިސް އެންޑް އެސެސްމަންޓް އޮފް ސެނިޓޭޝަން އެންޑް ޑްރިންކިންގ ވޯޓަރ (ގްލާސް) ރިޕޯޓް ތައްޔާރުކުރުމަށް މަޝްވަރާ ބައްދަލުވުމެއް ފަށައިފިއެވެ.

މި ބައްދަލުވުން ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޢަބްދުލް މަތީން މުޙައްމަދެވެ. އަދި ޑަބްލިޔު.އެޗް.އޯގެ ފަރާތުން މި ބައްދަލުވުން ޝަރަފުވެރިކޮށްދެއްވީ ޑަބްލިޔު.އެޗް.އޯގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ރެޕްރެޒެންޓޭޓިވް ޑރ. އަރްވިގް މާތުރެވެ.

އިޝްތިހާރު Below Header ad

ދެ ދުވަހުގެ މުއްދަތަށް ބާއްވާ ގްލޯބަލް އެނަލައިސިސް އެންޑް އެސެސްމަންޓް އޮފް ސެނިޓޭޝަން އެންޑް ޑްރިންކިންގ ވޯޓަރ އަކީ އ.ދ އާއި ޑަބްލިޔު.އެޗް.އޯ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ގްލޯބަލް އެނަލައިސިސް އެންޑް އެސެސްމަންޓް އޮފް ސެނިޓޭޝަން އެންޑް ޑްރިންކިންގ ވޯޓަރ ޕްރޮގްރާމްގެ މަޤްޞަދަކީ މި ދާއިރާއިން ސިޔާސަތު ކަނޑުއަޅުއްވާ ފަރާތްތަކަށް ފެނާއި ނަރުދަމާ އަދި ސާފުތާހިރުކަމާ ގުޅޭގޮތުން ދާއިރާގެ އިންވެސްޓްމެންޓްތަކާއި ފެނާއި ނަރުދަމާގެ ތަފާސް ހިސާބުތައް އެއް ޕްލެޓްފޯރމަކުން ފޯރުކޮށްދީ އެކި ނިންމުންތަކަށް އެހީތެރިވެދޭނެ ޑޮކިއުމަންޓެއް ތައްޔާރުކޮށްދިނުމެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ކަމާގުޅޭ އެކި ދާއިރާތަކުން ބައިވެރިވެއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.