ރާއްޖެ ދޫކޮށް ފުރަން އުޅޭކަމަށް ބުނާ ވާހަކަތައް ޢިމްރާން ދޮގުކުރައްވައިފި!

ޢަދާލަތު ޕާރޓީގެ ރައީސް އަދި ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ރާއްޖެ ދޫކޮށް ފުރައިގެން ދާންއުޅޭކަމަށް ބުނެ، ތާއަބަދު ކެނޑިނޭޅި ދޮގުފަތުރާ ނޫހަކުން ލިޔެފައިވާ ޚަބަރަކީ އެބޭފުޅުންގެ ފިތުނަ ދޮލަނގަށް އިތުރުކުރި އައިޓަމެއް ކަމަށާއި އެއީ ކަނޑައެޅިގެން ހުރި ރޯމަރު ބުހުތާނު ދޮގެއް ކަމުގައި ޢިމްރާން ވިދާޅުވެއްޖެއެވެ.

ޢިމަރާން ޢަބްދުﷲ މިފަދައިން ވިދާޅުވެފައި ވަނީ މިރޭ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް އިބޫ ޞާލިޙަށް ލިބުނު ނާކާމިޔާބީއަށް ފަހު ޢިމްރާން ގެންދެވީ ވަރަށް ވަރުގަދައަށް ކެމްޕެއިން ކުރައްވަމުންކަން ފާހަގަ ކުރެވެއެވެ.

އިޝްތިހާރު Below Header ad

މާދަމާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނަ އިރު، ބަލިވާނެތީ ޢިމްރާން ފިއްލަވަން އުޅޭކަމުގައި ބުނެ މީސް މީޑިއާގައިވެސް މިއަދު ވަނީ އެކި ވާހަކަތައް ދައުރުވެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.