ސިވިލް ސާވިސް މުވައްޒަފުންނަށް މިއަހަރުގެ އަހަރީ ބޯނަސް ނުލިބި ލަސްވަނީ ކީއްވެ..؟

ސިވިލް ސާވިސް މުވައްޒަފުންނަށް ކޮންމެ އަހަރަކު ވެސް ދެމުން ގެންދާ ބޯނަސް މިއަހަރު ނުދެވި ލަސްވަމުންދަނީ ކީއްވެތޯ މިއީ ގިނަ ބައެއްގެ ހިތުގައި އުފެދިފައިވާ ބޮޑު ސުވާލެކެވެ.

ސިވިލް ސާވިސް މުވައްޒަފުންނަށް ކޮންމެ އަހަރުވެސް ދެމުން އަންނަ ބޯނަސް މިއަހަރު ނުދެވިގެން އުޅޭ ސަބަބަކީ ކޮބައިތޯއެވެ.

އިޝްތިހާރު Below Header ad

ސަރުކާރުގެ ބަޖެޓުގައި ފައިސަ ނެތީތޯއެވެ. ނޫނީ ސަރުކާރުން އެފައިސާ ސިވިލް ސާވިސް މުވައްޒަފުންނަށް މިއަހަރު ދޭން ބޭނުން ނުވަނީ ބާވައެވެ.ވެގެން މިއުޅެނީ ކީއްބާވައެވެ.

މިހާރު އެނިގި ކަށަރު ވެއްޖެ އެވެ. ސިވިލް ސާވިސް މުވައްޒަފުންނަށް މި ހިނގާ 2016 ވަނަ އަހަރުގެ ބޯނަސް ފައިސާ ނުދެވިގެން މިއުޅެނީ ސަރުކާރުގެ ބަޖެޓުގައި ލާރި ނެތިގެން ނެވެ.

އެޓޯލްނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސިވިލް ސާވިސް ގާނޫނުގެ ދަށުން ކޮންމެ އަހަރަކުވެސް ދެމުން އަންނަ އަހަރީ ބޯނަސް ފައިސާ މިއަހަރު މިހާތަނަށް އަދި ދީފައި ނުވާއިރު މި ފައިސާ ދީފައިނުވަނީ ބަޖެޓްގައި ފައިސާ ނެތިގެންނެވެ.

އެޓޯލްނިއުސްއަށް މައުލޫމާތު ލިބިފައިވާގޮތުގައި ސިވިލް ސާވިސްގެ މުވައްޒަފުންނަށް މިއަހަރުގެ މުހާތަނަށް އަހަރީ ބޯނަސް ފައިސާ ލިބިފައި ނުވިނަމަވެސް އެ ފައިސާ ނުދޭކަށް ސަރުކާރުން އަދި ނިންމާފައެއް ނުވެއެވެ.

އެހެން ނަމަވެސް އަދި މިއަހަރުގެ ބޯނަސް ފައިސާ ލިބޭނެތޯ ނުވަތަ ނޫންތޯ މިއީވެސް އެނގޭކަމެއް ނޫނެވެ.

މިކަން ބޮޑު ސުވާލުމާކެއްގެ ތެރޭގައި އޮތްއިރު ސަރުކާރަށް ނިސްބަތްވާ އިސްފަރާތަކުން ނަންހާހަނުކުރުމަށް އެދެމުން ވިދަޅުވީ ސިވިލްސާވިސް މުވައްޒަފުންނަށް މިއަހަރުގެ ބޯނަސް ފައިސާ ނުދެވިގެން އުޅެނީ ބަޖެޓްގައި އެވަރަށް ފައިސާ ނެތުމުން ކަމަށާއި ބަޖެޓު ލިބުނުހާ އަވަހަކަށް ބޯނަސް ފައިސާ ދޭން ފަށާނެކަމަށެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ސިވިލް ސާވިސް މުބައްޒަފުންނަށް ބޯނަސްލާރި ނުދެވިގެން އުލެނީ މި ސަބަބާ ހުރެކަމަށާއި ސަރުކާރުން ބޯނަސް ފައިސާ މުވައްޒަފުންނަށް  ނުދޭން ނިންމަ ނުވާކަމަށެވެ.

މިކަމާގުޅިގެން ސިވިލް ސާވިސް ކޮމިޝަންގެ މީޑިއާ ގުޅާލާ މައުލޫމާތު ސާފުކޮށްލުމުން ވިދާޅުވީ މުވައްޒަފުންނަށް އަހަރީ ބޯނަސް ދިނުމުގެ މަސައްކަތް މިހާރު ކުރަމުންއަންނަ ކަމަށާއި ބޯނަސް ނުދެވިގެން އުޅެނީ ނިންމަންޖެހޭ ބައެއް  ކަންތައްތައް އަދިވެސް ނުނިމޭތީ ކަމަށެވެ.

އަހަރީ ބޯނަސްއަކީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކަށް ސަރުކާރުން ދޭންނިންމާފައިވާ އެއްޗެކެވެ.

އެގޮތުން މަސައްކަތު ފެންވަރު ބެލުމުގެ ގޮތުން އެޕްރެއިޝަލް ފޯމެއްފުރައެވެ. އެ ފޯމުގައި ވަނީ އެ މުވައްޒަފަހު ކުރި މަސައްކަތުގެ ފެންވަރު ބަޔާންކޮށްފައެވެ. އޭގެ ތެރޭގައި އެޕްރެއިޝަލް ބަލަން ފަށާ މުއްދަތުގެ ތެރޭގައި އޮފީހަށް ނާންގާ ހާޒިރުނުވުމާއި ގަޑިޖެހުމާއި، ކުށެއްކޮށްގެން އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ ބަލާނެއެވެ.

އެ ގޮތުން ސިވިލް ސާވިސް ކޮމިޝަނުން ވަނީ ބޯނަސް ލިބޭނެ ވަކި ސަރުތުތަކަކާއި ރޭޓް ތަކެއް ކަނޑައަޅާފައެވެ.

އެގޮތުން މަސައްކަތުގެ ރޭޓް 95 އިންސައްތަ އަށް ވުރެ މަތިވެއްޖެނަމަ އެމީހެއްގެ އެއް މަހުގެ މުސާރަ އާއި އެއް ވަރަށް ބޯނަސް ގޮތުގައި ފައިސާ ލިބޭނެއެވެ. އަދި  85 އާއި 95 ދެމެދު އިންސައްތަ މާކްސް ލިބޭ މުވައްޒަފުންނަށް އެ މީހަކަށް ލިބޭ އާސާސީ މުސާރައިގެ ތިން ބައިކުޅަ ދެ ބައި ބޯނަސް ފައިސާ ލިބޭއިރު  84.9 އާއި 75 ދެމެދު އިންސައްތަ މާކްސް ލިބޭ މީހަކަށް އެ މީހެއްގެ އަސާސީ މުސާރައިގެ ތިން ބައިކުޅަ އެއްބައި ލިބޭނެއެވެ.

އެހެން ނަމަވެސް ކިތަންމެ މަތިން މާކުސް ލިބިފައިވީނަމަވެސް ކުރިން ބަޔާންކުރި ކަންތައް ތަކުގެ ތެރެއިން ކަމެއް ހިމެނޭނަމަ އަހަރީ ބޯނަސް ފައިސާ އެމުވައްޒަކަށް ނުލިބޭނެއެވެ. މިސާލަކަށް ހާޒިރީއަށް ނާނައެއް އެރުން، ކަނޑައެޅިގައިވާ މުއްދަތަށްވުރެ ގިނައިން އޮފީހައް ގަނޑިޖެހިފައި ހުރުން އަދި އެއްވެސް މައްސަލައަކާއި ގުޅިގެން ބަޔާނެއް ނުވަތަ ލިޔުމެއް ދީފައިވުން ހިމެނެއެވެ.

މިދެންނެވި އުސޫލުން އަހަރީ ބޯނަސްފައިސާ ދޭގޮތައް ސިވިލ؛ް ސާވިސް ކޮމިޝަނުން ކަނޑައަޅާފައިވާއިރު މި އުސޫލުތަކަށް ފާޑުކިޔާ ހިންހަމަ ނުޖެހޭ މުވައްޒަފުންވެސް މަދެއް ނޫނެވެ. މަސައްކަތް ކުރާ މުޅިއަހަރު ދުވަހަށް ބަލާއިރު މުޅިއަހަރު ދުވަހުގެ ތެރޭ ދޭ އެންމެ ނަސޭހަތަކުންވެސް ލިބޭ ބޯނަސް ފައިސާކޮޅު ކެނޑިގެން ދިއުމަކީ ބައެއް މުވައްޒަފުން ބުނާގޮތުންނަމަ އިންސާފެއްނޫނެވެ. ކުރާ ކުސަކަށް ލާރި އުނުކޮށްފަނަމަވެސް އޭގެން ބައެއް ދޭނެ ޖެހޭނެކަމަށް އެފަދަ މުވައްޒަފުން ދެކެއެވެ.

އެގޮތުން 2014 ވަނަ އަހަރުން ފެށިގެން ދެމުން އައި ބޯނަސް މިއަހަރު ބަޖެޓް ނެތިގެން ނުދެވިގެން އުޅޭއިރު ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް ދަނީ ސިވިލް ސާވިސް ކޮމިޝަންއަށް އަމާޒުވަމުންނެވެ.

 

 

 

 

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.