ރިޔާސީ އިންތިޚާބާއި ގުޅޭ 7 މައްސަލައެއް އޭސީސީން ބަލަނީ

29 މައްސަލައެއް ވަނީ ހުށަހެޅިފައި

ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބާއި ގުޅޭ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުންދާކަމަށް އެކޮމިޝަނުން ބުނެފިއެވެ.
އޭސީސީ އިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ރިޔާސީ އިންތިހާބާއި ގުޅިގެން މިއަދާހަމައަށް އެ ކޮމިޝަނަށް 29 މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި، މި މައްސަލަތަކުގެ ތެރެއިން 7 މައްސަލައެއް ތަހުގީގު ކުރަން ޖެހޭކަމަށް ފެންނާތީވެ، އެމައްސަލަތަކުގެ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ތަހުގީގު ކުރެވެމުންދާ މައްސަލަތަކުގެ ތެރޭގައި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމާއި، ރިޝްވަތާއި ގުޅުންހުރި މައްސަލަ ހިމެނޭކަމަށްވެސް އޭސީސީ އިން ބުނެފައިވެއެވެ. އަދި ހުޅުމާލެ އިން ގޯތި ދޫކުރި ގޮތާއި ގުރުއަތުލުން ކުރިއަށް ދިޔަ ގޮތާއި ގުޅޭ މައްސަލައެއް ބަލަމުންދާ ކަމަށްވެސް އޭސީސީއިން ފޮނުވި މެސެޖުގައި ބަޔާންކޮށްފައި ވެއެވެ.

އިޝްތިހާރު full width ad 1200 x 150

މީގެ އިތުރުން ކޮމިޝަނަށް ހުށައެޅި ބަލަމުންގެންދާ މައްސަލަތަކުގެ ތެރޭގައި ހުޅުމާލެއިން ގޯތި ދޫކުރި ގޮތާއި، ގުރުއަތުލުން ކުރިއަށްގެންދިޔަ ގޮތާގުޅޭ މައްސަލައެއްވެސް ކޮމިޝަނުން ދަނީ ބަލަމުންނެވެ.

އޭސީސީން ބުނެފައިވެއެވެ.
މީގެ އިތުރުން މި މައްސަލަތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އޭސީސީ އިން އަޅަމުންދާ ކަމަށާއި، އަދި ބައެއް ފިޔަވަޅު އެޅޭނީ ބައެއް ކަންކަން ދެނެގަނެ، ކަށަވަރު ކުރެވިގެން ކަމުގައި ވާތީވެ، އެކަމާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުންދާ ވާހަކަވެސް އޭސީސީގެ މެސެޖުގައި ބަޔާންކޮށްފައި ވެއެވެ.  އޭސީސީ އިން ބުނެފައިވަނީ، ހުށަހެޅުނު 29 ޝަކުވާގެ ތެރެއިން، އޭސީސީ އިން މައްސަލަތައް ބަލައިގަންނަ މިންގަނޑަށް ފެތެނީ 7 މައްސަލަކަމަށްވާތީވެ، އެ 7 މައްސަލަ ރެޖިސްޓަރ ކޮށް، ތަހުގީގު ކުރެވުމުން އަންނަ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.