އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޒާމިރު އިސްތިއުފާ ދެއްވައިފި
ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ޒާމިރު މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ޒާމިރުގެ ސިޓީގައި އިސްތިއުފާ ދެއްވި ވަކި ސަބަބެއް ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް އޭނާ އިސްތިއުފާ ދެއްވީ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީއާ ގުޅިގެން ކަމަށް ބެލެވެއެވެ.
އިސްތިއުފާގެ ސިޓީއާ އެކު ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ޒާމިރު ވިދާޅުވީ ރައްޔިތުން އެމީހުންގެ އަޑު އިއްވައިފި ކަމަށެވެ.
“މިއީ ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ކުރިއަށް ދާން ޖެހޭ ވަގުތު. އެހެންވެ އަޅުގަނޑު މަގާމުން އިސްތިއުފާ ދީފިން” ޒާމިރު ވިދާޅުވިއެވެ.