ހުޅުމާލޭގައި ޔޫރަޕް ފެންވަރުގެ ސިއްހީ ޚިދުމަތް ދިނުމަށް “ޔޫރަޕިއަން ކްލިނިކް މޯލްޑިވްސް” ގެ ނަމުގައި ކުލިނިކެއް ހުޅުވައިފި

ރާއްޖޭގެ ރައްޔިތުންނަށް ޔޫރަޕް ފެންވަރުގެ ސިއްހީ ޚިދުމަތް ދިނުމަށް “ޔޫރަޕިއަން ކްލިނިކް މޯލްޑިވްސް”ގެ ނަމުގައި ހާއްސަ ކްލިނިކެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.

‎އިއްޔެ ހަވީރު މި ކްލިނިކް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތެއްގައި މި “ޔޫރަޕިއަން ކްލިނިކް މޯލްޑިވްސް” ހުޅުވައިދެއްވީ ހެލްތް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ މުހައްމަދު ރަފީގް ހަސަންއެވެ.

އިޝްތިހާރު Below Header ad

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ ރަފީގް ވިދާޅުވީ ސަރުކާރުން ދެއްވާ ހިދުމަތްތަކުގެ އިތުރުން ޕްރައިވެޓް ސެކްޓަރ އިން ދެއްވާ ހިދުމަތްތައް މިގޮތަށް ދެއްވައިގެން ނޫނީ އެންމެ ރަނގަޅު ހިދުމަތެއް ލިބުމަކީ ދުރުކަމެއް ކަމުގައެވެ.

ރަފީގް ވިދާޅުވީ މި ކްލިނިކުން ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެފަ މޮޅުވާނެ ކަމަށާއި ކުލިނިކް ފައްޓަވާއިރު މައިގަނޑު ހިދުމަތްތަކުގެ ތެރޭގައި މެޑިކަލް ކޮންސަލްޓޭޝަން،  ‎މެޑިކަލް ސާވިސްއާއި، ހޯމް ވިޒިޓްގެ އިތުރުން މޯބައިލް ސާވިސްގެ ހިދުމަތް ވެސް ލިބޭނެކަމަށެވެ.

އަދި ވަރަށް އަވަސް މުސްތަގްބަލެއްގައި އިތުރު ޙިދުމަތްތަކެއްވެސް ލިބުގެންދާނެ ކަމަށާއި އޭގެތެރޭގައި ސްޕެޝަލައިޒް ޑޮކްޓަރުންނާއި،  މާބަނޑު މީހުންގެ ހިދުމަތާއި، ސާޖަރީގެ ހިދުމަތުގެ އިތުރުން މެޑިކަލް ލެބޯޓްރީއަކާއި، ފާމަސީގެ ޚިދުމަތްވެސް ލިބިގެންދާނެކަމަށެވެ.

ރަފީގް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނާއި އަދި ގެސްޓުންނަށް މި ކުލިނިކުން ރަނގަޅު ހިދުމަތްތަކެއް ލިބިގެން ދާނެކަމަށާއި މި ކްލިނިކް މިއަދު ހުޅުނު ކަމުގައިވިޔަސް، ރަސްމީކޮށް ހިދުމަތް ދޭނީ އަންނަ ހަފްތާއިން ފެށިގެންކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މި “ޔޫރަޕިއަން ކްލިނިކް މޯލްޑިވްސް” ގެ ޑިރެކްްޓަރ އިބްރާހިމް ޝަހީމް ވިދާޅުވީ މި ކްލިނިކުން ދެވޭ ހިދުމަތްތަކުގެ އަގުތައް ވަރަށް އަވަހަށް އިއުލާނުކުރާނެކަމަށާއި އެޕޮއިންޓްމެންޓް ހެއްދުމަށްވެސް ގުޅޭނެ ނަމްބަރުވެސް ވަރަށް އަވަހަށް ތައާރަފްވެގެން ދާނެކަމަށެވެ.

ޔޫރަޕްގެ ދެ ޑޮކްޓަރުންނާއި އެކު ފެށޭ މި ކުލިނިކް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން އިރުއޮއްސި 6:00 ގެ ނިޔަލަށް ހިދުމަތްތައް މި  ކްލިނިކުން ދެމުން ގެންދާނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.