ޝެއިޚް އިލްޔާސް ޖަމާލް، ’ރޮޒޭ‘ އިންނެވީތީ ލަވަ ކިޔުއްވައިފި!

އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްޝައިހް އިލްޔާސް ޖަމާލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭން ޖަލްސާއެއްގައި ލަވަ ކިއުމާއި ނެށުމުގެ ހަރަކާތެއް ދައްކާލައިފިއެވެ.

އިލްޔާސް ޖަމާލްގެ ވާހަކަފުޅު ފައްޓަވަމުން ވެސް ވިދާޅުވީ ޖަލްސާގެ ފޯރި ގަދަވީމަ އެބޭފުޅާ ވެސް ޖަލްސާގައި ”ފޯރި ގަދަކޮށްލާނަން“ ކަމަށެވެ. އެއަށްފަހު އެބޭފުޅާ ވިދާޅުވީ ”ޒަމާނަކުން އައި ޒަމާނެކޭ“ ގެ ވާހަކަ ވަރަށް ދައްކާލާ ހިތްވެއްޖެ ކަމަށެވެ. ރާއްޖެދުއް ރަންޒަމާނެއްގެ ވާހަކަ ކަމަށް ވިދާޅުވެ ”ރާއްޖެދުއް ރަން ޒަމާނެކޭ“ ކިޔާފައި އިލްޔާސް ލަވަ އެއް ކިޔުއްވަން ފެއްޓެވިއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އޭގެ ފަހުން ’ރާގަށް ވެސް ލަވައެއް ކިޔާލާނަން‘ ކަމަށް ވިދާޅުވެ އިލްޔާސް ވަނީ ”ކެޔޮޅު ކިތަންމެ މޮޅަސް، ފަޅުވެރިން ކަންނެތް ވީމާ، ސަމުގާ ކިތަންމެ ދަތަސް…“ މިލަވަ ކިޔުއްވާފައެވެ.

އޭގެ ފަހުން ޕޯޑިއަމް މަތީގައި ހުރި މައިކް ނަންގަވައިގެން ފާޑަކަށް ނަށްޓަވަމުން ”އިބޫ ސޯލިހް ނޫން ވެރިޔަކު ނެތް“ ކަމަށް ވިދާޅުވެ ލަވައެއްގެ ރާގަށް ލަވަ ވިދާޅުވަމުން ގެންދެވިއެވެ. އެވަގުތު ޖަލްސާއަށް ހާޒިރުވެ ތިބި ބަޔަކު، ޝެއިޚްގެ ލަވައިގެ ބީޓަށް އަތްތިލަބަޑީގެ މިއުޒިކް ކުޅެމުން ދެއެވެ. މިކަމުގެ ސަބަބުން ދީނަށް ލޯބިކުރާ އެކި ފަރާތްތަކުގެ ނަަފްރަތާއި ފާޑުކިޔުން ޝެއިޚް އިލްޔާސް ޖަމާލަށް ދަނީ ރައްދުކުރަމުންނެވެ.

މީސްމީޑިއާގައި ޢާއްމުވެފައިވާ ޝެއިޚް އިލްޔާސް ޖަމާލުގެ ވީޑިއޯ:

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.