
ވޯޓްލެވޭ މީހުންގެ ފައިނަލް ލިސްޓް އާންމުކޮށްފި
އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ވޯޓާސް ލިސްޓު އިލެކްޝަންސް ކޮމިޝަނުން ގެޒެޓުކޮށްފިއެވެ.
އީސީ އިން ބުނީ މިއަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 282،395 މީހުންނަށް ކަމަށެވެ. އަދި މިފަހަރުގެ އިންތިހާބުގައި އަލަށް 27000 އަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ ކަމަށް ވެސް ބުނެފައިވެއެވެ.
އީސީން ބުނި ގޮތުގައި އަންނަމަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށްޓަކައި ޖުމްލަ 574 ވޯޓުލާ މަރުކަޒު ހުންނާނެއެވެ. އަދި މި އިންިހާބު ވެގެންދަނީ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ވޯޓު ފޮށި ބަހައްޓާ އިންތިހާބުގެ ގޮތުގައެވެ.
ރިޔާސީ އިންތިހާބަށް 20 ދުވަހަށް ވެފައިވާއިރު، އިލެކްޝަނުން ގެންދަވަނީ އިންތިހާބަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.