މޯލްޑިވިއަންގެ ޓިކެޓްގެ އަގު %20 ދަށް ކުރާނަން- ނާޒިމް

ވެރިކަން ލިބިއްޖެނަމަ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ޓިކެޓްގެ އަގުތައް 20 އިންސައްތައަށް ކުޑަކުރައްވާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވެފައިވަނީ ކެމްޕޭނަށް ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކުޑަ ހުވަދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އިޝްތިހާރު Below Header ad

ވެރިކަން ލިބިވަޑައިގެންފިނަމަ މޯލްޑިވިއަންގެ ޓިކެޓް އަގުތައް 20 ޕަސަންޓް ހެޔޮކުރައްވާނެ ކަމަށް ނާޒިމު ވިދާޅުވި އެވެ.

ނާޒިމު ވިދާޅުވީ މޯލްޑިވިއަންގެ އެތެރޭގެ ޓިކެޓުގެ އަގު ހެޔޮކުރުމަކީ ވަރަށް ފަސޭހައިން ކުރެވޭނެ ކަމެއް ކަމަށެވެ.

“އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) އިން އޮޕަރޭޓްކުރާ މޯލްޑިވިއަން ހަމައަކަށް އަޅުވައި އެ ދަރަނިތަކުން ވެސް ސަލާމަތްކުރުމަށް މަސައްކަތް ކޮށްދޭނަން. އަޅުގަނޑަށް އެބަ ފެނޭ އޭގެ ހައްލު. މޯލްޑިވިއަން އަށް އެއާޕޯޓްގެ ގްރައުންޑް ހޭންޑްލިން ދިނީމާ އެ ކުންފުންޏަށް އިތުރު އާމްދަނީ ލިބޭނެ ގޮތް އެ ހެދުނީ،”. ނާޒިމް ވިދާޅުވިއެވެ.

ޓިކެޓުގެ އަގު މިހާތަނަށް ހެޔޮ ނުކުރެވި އޮތީ ސަރުކާރުތަކުގެ ސިޔާސަތުތައް ދޯހަޅިވުމުން ކަމަށް ނާޒިމު ވިދާޅުވި އެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.