ބޯންމެރޯ ހިލޭ ހެދޭނެގޮތް ހަދައިދޭނަން: މުއިއްޒު

ބޯންމެރޯ ޓްރާންސްޕްލާންޓް ހިލޭ ހެދޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކެމްޕޭން ދަތުރުފުޅެއްގައި މިއަދު ހއ. އުތީމަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާއެއްގައި މުއިއްޒު ވިދާޅުވީ ތެލަސީމިއާ ކުދިން ރާއްޖޭގައި ވަރަށް ގިނައިރު އެފަދަ ކުދިންނަށް ބޯންމެރޯ ހެދޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެހިފައި އޮންނަން ޖެހޭ ކަމަށެވެ.

އިޝްތިހާރު Below Header ad

މުއިއްޒު ވިދާޅުވީ މި ހިދުމަތް ސަރުކާރުގެ ތެރެއިން އަދި ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ކުރެވެންޖެހޭ ކަމަށެވެ. ތެލަސީމިއާ ކުދިން ތިބޭ އާއިލާތަކުން ބޮޑެތި ތަކްލީފްތަކެއް އުފުލަމުންދާ ކަންވެސް މުއިއްޒު ފާހަގަކޮށްފައިވެ އެވެ.

“އިރާދަކުރެއްވިއްޔާ ނިޒާމުގެ ތެރެއިން ބޯންމެރޯ ޓްރާންސްޕްލާންޓުގެ މަސައްކަތް ސަރުކާރުން ހިލޭ ކޮށްދެވޭނެ ނިޒާމު އަޅުގަނޑުމެން ގާއިމުކުރާނަން،” މުއިއްޒު ވިދާޅުވި އެވެ.

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.