ބައިނަލްއަގްވާމީ ފެންވަރުގެ ކޯސްތަށް އޮންލައިންކޮށް ހިލޭ ހެދުމުގެ ފުރުސަތު ދިރާގުން ހުޅުވާލައިފި

 

ބައިނަލްއަގްވާމީ ފެންވަރުގައި ޒުވާނުންނަށް ހިލޭ ކޯސްތައް އޮންލައިންކޮށް ހެދުމުގެ ފުރުސަތު ރާއްޖޭގެ އެންމެ ގިނަދުވަސްވި މުޢާސަލާތީ ޚިދުމަތްދޭ ކުންފުނި ދިރާގުން ހަމަޖައްސައިފިއެވެ.

އިޝްތިހާރު Below Header ad

ދިރާގުން ދިވެހި ޒުވާނުން ބިނާކުރުމާއި ތަރައްޤީއަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުން ކޮންމެ ޒުވާނަކަށްވެސް މުޅިން ހިލޭ ބައިނަލްއަގުވާމީ ފެންވަރުގައި އޮންލައިން ކޯސް ހެދުމުގެ ފުރުސަތު ހުޅުވާލިކަން އިއުލާން ކޮށްފައިވަނީ ދިރާގު ހެޑް އޮފީހުގައި މިއަދު  ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިމްޖާދު ޖަލީލު ވިދާޅުވީ ދިރާގުގެ އެންމެ ބޮޑު ދެ މަސައްކަތަކީ ޒުވާނުން ތަރައްގީކުރުމާއި ތަޢުލީމީ ފެންވަރު ރަނގަޅު ކުރުން ކަމަށާއި އެގޮތުން މިއަދަކީ ތައުލީމީ ދާއިރާއަށް ވަރަށްބޮޑު ދުވަހެއްކަމަށެވެ.

އޭނާ ވިދާޅުވީ ކޮންމެ ދިވެއްސަކަށްވެސް ތަޢުލީމު ހާސިލުކުރުމަށް ކޯސް ހެދުމުގެ ފުރުސަތު ލިބިގެންދާނެކަމަށާއި އެގޮތުން އެ ކޯސްތައް ހެދުމަށްޓަކައި ދިރާގުން އެއްބަސްވެފައިވަނީ ޝޯ އެކަޑަމީއާ ކަމަށެވެ.

އިމްޖާދު ވިދާޅުވީ ޝޯ އެކަޑަމީއަކީ ދުނިޔޭގެ ފެންވަރުގެ ގިނަ ގައުމުތަކަކުން ބަލައިގަންނަ އެކަޑަމީއެއް ކަމަށެވެ.

އިމްޖާދު ވިދާޅުވީ ޝޯ އެކަޑަމީގެ ހުރިހާ ކޯސްތަކެއްގެ ތެރެއިންވެސް ބޭނުންވާ ފުރަތަމަ ކޯސް ހިލޭ ހެދުމުގެ ފުރުސަތު ދިރާގާއެކު ވީ އެއްބަސްވުމުގެ ދަށުން ހަމަޖެހިގެންދާނެކަމަށާއި އެ ކޯސްތަކަކީ ގޭތެރޭގައި މަސައްކަތް ކުރަމުންނާއި ވަޒީފާ އަދާކުރާ ފަރާތްތަކަށްވެސް ބައިވެރި ވެވޭނެ ކޯސްތަކެއް ކަމަށެވެ.

މީގެ އިތުރުން ސްކޫލުގައި ކިޔަވާ ކުދިންނަށްވެސް  ބައިވެރި ވެވޭނެ ކޯސްތަކެއް ކަމަށްވެސް އިމްޖާދު ވިދާޅުވިއެވެ.

އިމްޖާދު ވިދާޅުވީ އެ ކޯސްތަކަކީ ތަފާތު ދާއިރާތަކަކަށް ހުޅުވާލާފައިވާ ސެލްފް އެސެސްމެންޓް ކޯސްތަކެއް ކަމަށެވެ.

މިކަމާ ބެހޭގޮތުން މައުލޫމާތު ދެމުން ދިރާގުން ބުނީ ޝޯ އެކެޑެމީގެ ކޯސްތަކުގެ ދިގުމިނަކީ އެއް މަސް ދުވަސް ކަމަށާއި ކޮންމެ ހަފްތާއަކު ދެ ކްލާސް ކުރިއަށް ގެންދާނެކަމަށެވެ.

ދިރާގުން ބުނީ އެއްމަސް ދުވަހަށް ކުރިޔައް ގެންދާ މި ކޯސް ތަކުގެ ތެރޭގައި އޭގެތެރޭގައި  ފޮޓޯޝޮޕް އާއި ފެހުމާއި، ސޯޝަލް މީޑިއާމާކެޓިން ފަދަ ކޯސްތައް ހިމެނޭނެކަމަށެވެ.

މި ކޯސްތައް ކުރިޔައް ގެންދާނީ ލައިވްކޮށް ކަމަށާއި ކްލާހެއް މިސްވިޔަސް ރިކޯޑިންވެސް ލިބޭނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ.

މި ކޯސްތަކުގެ އިންޓޭކް ކޮންމެ މަހެއްގެ 13 ނުވަތަ 14 ގައި އޮންނާނެކަމަށްވެސް ދިރާގުން ވަނީ ހާމަކޮށްފައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.