ދައުލަތުގެ ބަޖެޓަށް ބަހުސްކުރުން މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި

 

2017 ވަނަ އަހަރަށް ލަފާކޮށްފައިވާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

އިޝްތިހާރު Below Header ad

މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ދައުލަތުގެ ބަޖެޓު ހުށައަޅާއިރު ފިނޭންސް މިނިސްޓަރު މަޖިލީހުގެ ފްލޯއަށް ބަޖެޓް ބަޔާން މާދަމާ ހުށަހަޅައިދެއްވާނެ އެވެ.

އިއްޔެ ބޭއްވި މަޖިލީހުގެ އާންމު ކޮމެޓީގެ ޖަލްސާގައި ބަޖެޓަށް ބަހުސް ކުރުމަށް ކޮންމެ މެމްބަރަކަށް 15 މުނެޓުގެ ވަގުތުކޮޅެއް ދޭން ފާސްކޮށްފައިވާއިރު މި ބަހުސަށް ފަހު ބަޖެޓް ދިރާސާ ކުރުމަށް ހާއްސަ ވަގުތީ ކޮމިޓީއެއް އެކުލަވާލުމަށް ވަނީ ހަމަޖެހިފައެވެ. މި ވަގުތީ ކޮމިޓީ އެކުލަވާލުމަށް ފަހު ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތްތައް ކުރާނެ އެވެ.

ްައަދި މިމަސައްކަތައް ފަހު ބަޖެޓް ކޮމެޓީން ހުށައަޅާ  ރިޕޯޓަށް ވެސް މެމްބަރުން ބަހުސްކުރާނެއެވެ. މި މި ބަހުސައް ވެސް ކޮންމެ މެމްބަރަކަށް ހަތް މިނެޓުގެ ވަގުތުކޮޅެއް ދިނުމައް ވެސް ވަނީ ފާސްކޮށްފައެވެ.

ފުރަތަމަ މަރުހަލާގައި 15 މިނެޓު އަދި ދެވަނަ މަރުހަލާގައި 7 މިނެޓު ގެ ބަހުސަކަށް ވާއިރު ބަޖެޓާމެދު ބަހުސްކުރަން ކޮންމެ މެމްބަރަކަށް ވެސް   ޖުމްލަ 21 މިނެޓް ލިބޭނެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ކަމަށް ބުނާ 26 ބިލިއަން ރުފިޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނީ މިިދިޔަ ހޯމަ ދުވަހު އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.