2017 ވަނަ އަހަރުގެ ބަޖެޓް ބަހުސްގައި ކޮންމެ މެންބަރަކަށް 15 މިނެޓްގެ ވަގުތެއް ދިނުމަށް ނިންމައިފި.

2017 ވަނަ އަހަރަށް ލަފާކޮށް މަޖިލީހަށް ފޮނުވާފައިވާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް ވެސް 15 މިނެޓްގެ ވަގުތު ކޮޅެއް ދޭ ގޮތަށް މަޖިލީހުގެ އާންމު ކޮމެޓީން ނިންމައިފި އެވެ.

އަންނަ އަހަރުގެ ބަޖެޓުގެ ބަހުސްގެ ފުރަތަމަ މަރުހަލާގައި ބަހުސްކުރަން 15 މިނެޓުގެ ވަގުތުކޮޅެއް ދިނުމަށް ހުށައަޅާފައިވަނީ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރުއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެހެން އަހަރުތަކުގައި ވެސް ދައުލަތުގެ ބަޖެޓަށް ބަހުސް ކުރަން ދެމުންއައީ 15 މިނެޓްގެ ވަގުތުކޮޅެކެވެ.

އެހެން ކަމުން މި އަހަރުގެ ބަޖެޓު ބަހުސްގެ ފުރަތަމަ މަރުހަލާގައި ވެސް ކޮންމެ މެމްބަރަކަށް ދިނުމަށް އާމިރު ވަނީ ހުށަހަޅުއްވާފަ އެވެ.

މީގެއިތުރުން އެހެން އަހަރުތަކެކޭވެސް އެއްފަދައިން މެމްބަރުންގެ 15 މިނެޓުގެ މި ބަހުސައްފަހު ބަޖެޓް ކޮމެޓީއަށް ފޮނުވާ ރިޕޯޓަށް ބަހުސް ކުރުމަށް ވެސް ކޮންމެ މެމްބަރަކަށް 7 މިނެޓުގެ ވަގުތު ކޮޅެއް ދިނުމަށް މިއަދު އާމިރުވަނީ ހުށައަޅާފައެވެ.

އާމިރުގެ މި ހުށައެޅުން ފާސްކުރީ ކޮމެޓީ ޖަލްސާގައި މިއަދު ބައިވެރިވެ ވަޑައިގެންނެވި ހަތް މެމްބަރުންގެ ތެރެއިން 6 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ގުރައިދޫދާއިރާގެ މެމްބަރު ހުސެން މަނިކު ދޮން މަނިކާއި ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީން ތާއީދުކުރައްވަވާފައިވާ އާމިރުގެ މި ހުށައެޅުން ފާސްކުރަން ވަކިކޮޅަކަށް ވޯޓް ނުދޭ އެއްމެމަބަރަކު ހުރިކަން ފާހަގަކޮށްލެވެއެވެ.
2017 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި މި އަހަރު ހުށަހަޅާފައިވަނީ 26 ބިލިއަން ރުފިޔާ އެވެ. މިއީ މިއަހަރަށްވުރެ ބިލިއަނެއްހާ ރުފިޔާ ކުޑަ އަދަދެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.