އިދިކޮޅު ކޯލިޝަނުން އެއް ކެންޑިޑޭޓަކު ނެރޭނަމަ، ބޭނުމީ ޔާމިން – ޕީޕީއެމް

ރިޔާސީ އިންތިހާބަށް އިދިކޮޅު ކޯލިޝަނުން އެއް ކެންޑިޑޭޓަކު ނެރޭނަމަ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެ ފުރުސަތު ދެއްވުމަށް ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން މިއަދު އެދިއްޖެ އެވެ.

ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނުގައި ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ބަދަލުކުރުމަށް ޕާޓީތަކުން ގުޅިގެން ކުރާ މަސައްކަތަށް އެ ޕާޓީން މަރުހަބާ ކިޔައި ޝުކުރު އަދާކުރުމަށެވެ. ނަމަވެސް، އެކަން ހާސިލްކުރުމަށް އިދިކޮޅުގެ ކޮމަން ކެންޑިޑޭޓަކީ ޔާމީން ކަމަށް ހަމަޖައްސައިދިނުމަށް އެ ޕާޓީން ވަނީ އެދިފަ އެވެ.

އިޝްތިހާރު Below Header ad

ޕީޕީއެމްއިން މިހެން ބުނީ ޖޭޕީއާއި އެމްއެންޕީއާއި ޑިމޮކްރެޓްސްއިން މިއަދު ބައްދަލުކޮށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން ނިންމުމުގައި ޕީޕީއެމް އެއްބަސްވާނަމަ އެއް ކެންޑިޑޭޓަކު ނެރުމަށް އެއްބަސްވާކަމަށް ބުނުމުންނެވެ.

“ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމުގައި ނިންމާފައިވަނީ ޖުލައި 31، 2022 ވަނަ ދުވަހު ޕީޕީއެމް އަދި ޕީއެންސީ ސެނެޓްގެ އިއްތިފާގުންނެވެ. އަދި އެ މަނިކުފާނަަށް މި ކޯލިޝަންގެ ރިޔާސީ ޓިކެޓު އަރުވާފައިވަނީ އޮގަސްޓް 19، 2022 ވީ ހުކުރު ދުވަހުގެ ރޭ ކާނިވަލްގައި ބޭއްވި ޖަލްސާއެއްގަ އެވެ.” އެ ކޯލިޝަންގެ ބަޔާނުގައި ބުންޏެވެ

އެ ބަޔާނުގައި ބުނީ ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދިނުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް އެ ކޯލިޝަނުން މާލެ އާއި ރަށްރަށުގައި ބާރަށް ކުރަމުން އަންނަ ކަމަށެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.