ފުލުހުންނާއި ލޭބަރ ރިލޭޝަން އޮޓޯރިޓީ ގުޅިގެން މުވައްޒަފުން ޤާނޫނަށް އަހުލުވެރިކުރުމަށް ކުލާސްތަކެއް ކުރިއަށް ގެންގޮސްފި.

ފުލުހުންނާއި ލޭބަރ ރިލޭޝަން އޮތޯރިޓީ ގުޅިގެން އެ އޮތޯރިޓީގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ޚާއްޞަ ކުލާސަތަކެއް ކުރިޔައް ގެންގޮސްފިއެވެ.

މިހަމުގެ މަހުގެ 1 ން 2 އަށް ލޭބަރ ރިލޭޝަން އޮތޯރިޓީގައި ކުރިއަށް ގެންދިޔަ މި ކުލާސްތަކަކީ މުވައްޒަފުން ޤާނޫނަށް އަހުލުވެރިކުރުމުގެ ގޮތުން ކުރިޔައްގެންދިޔަ ކުލާސްތަކެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ލޭބަރ ރިލޭޝަން އޮތޯރިޓީގައި ކުރިއަށް ގެންދިޔަ މި ކުލާސްތަކުގައި ލޭބަރ ރިލޭޝަން އޮތޯރިޓީގެ ޤާނޫނާއި ލޭބަރ ޙިދުމަތުގެ ތެރެއިން ކުރާ ތަޙްޤީގުތަކުގައި އަމަލުކުރާނެ ގޮތްތަކާއި ފުލުހުންގެ ތަޙްޤީގު ތަކުގައި އަމަލުކުރާ ގޮތްތަކުގެ އިތުރުން ތަޙްޤީގު ކުރުމުގެ ހުނަރުތައް ކިޔައިދީފައިވެއެވެ.

މީގެއިތުރުން މުވައްޒަފުންގެ މެދުގައި އެއްބައިވަންތަކަމާއި މަސައްކަތުގެ ރޫހު އާލާކުރުމުގެ ގޮތުން ޓީމް ބިލްޑިންގް އެކްސަސައިޒްތަކެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައިވެއެވެ.

ލޭބަރ ރިލޭޝަން އޮތޯރިޓީ 20 މުވައްޒަފުން މި ކުލާސްތަކުގައި ބައިވެރިވެފައިވާއިރު މި ކްލާސްތައް ނަގައިދީފައވަނީ އިންޓިޓިއުޓް ފޯރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް (އައިލްސް)ގައި މަސައްކަތްކުރާ ހުނަރާއި ތަޖުރިބާ ލިބިފައިވާ މުވައްޒަފުންނެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.