ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އިތުރު 15 މިލިޔަން ފާހާނާ ހަދާނެ: މޯދީ

ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އިތުރު 15 މިލިޔަން ފާހާނާ ހަދާނެކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ ފާއިތުވި ދެ އަހަރުގެ ތެރޭގައި އިންޑިއާގައި 25 މިލިޔަން ފާޚާނާ ހަދާފައިވާ ކަމަށެވެ.

އިޝްތިހާރު Below Header ad

އިންޑިއާގެ ވެރިކަމަށް ވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ އިޢލާނު ކުރެއްވި އެއް ވަޢުދަކީ “ސްވަސްތު ބާރަތު” ނަމުގައި އިންޑިއާ ސާފުތާހިރު ތަނަކަށް ހެދުމުގެ ވައުދެވެ. އިންޑިއާގައި ޖެހުނުތާކަށް ފާޚާނާއަށް ދިއުމަކީ ޢާންމު ކަމަކަށްވެފައިވާއިރު، އެ ކެމްޕޭނުގެ ދަށުން މީހުން ހޭލުންތެރި ކުރުވުމުގެ މަސައްކަތްވެސް ހުއްޓުމެއްނެތި ދަނީ ކުރަމުންނެވެ.

އެގޮތުން ސާފުތާހިރުކަމަށް އިންޑިއާގެ ރައްޔިތުން ދޭ ސަމާލުކަން އިންތިހާއަށް އިތުރުވެފައިވާކަމުގައި މޯދީ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.