
ކީރިތި ރަސޫލާގެ ސިޔަރަތު 04
ރަޙީޤުލް މަޚްތޫމްގެ ދިވެހި ތަރުޖަމާ
އަލް ޙީރާ (الحيرة) ގެ ރަސްކަން:
ޢިރާޤުގެ މައްޗަށާއި ޢިރާޤާއި އިންވެގެންވާ ތަންތަނުގެ މައްޗަށް ފާރިސީންގެ ވެރިކަމާއި ބާރު ހިނގަމުން ދިޔައެވެ. ޤޫރޫސުލް ކަބީރު (قوروش الكبير) ބައިބައިވެފައިވާ ފާރިސީން އެއްސަފަކަށް ގެންނެވިއެވެ. އަދި މި އެއަބައިވަންތަކަން މީލާދީގެ ކުރީގެ 529 (ފައްސަތޭކަ އޮނަތިރީސް) 557 (ފައްސަތޭކަ ފަންސާސް ހަތެއް) އާ ދެމެދުގައި ދެމި އޮތެވެ. އަދި މި އެއްބައިވަންތަކަން ދެމި އޮތްހާ ހިނދު އެމީހުންނާ ކުރިމަތިލެވޭފަދަ އެއްވެސް ބަރެއް އެހިސާބަކުނެތެވެ. އާދެ! މީލާދީ ސަނަތުން 326 (ތިން ސަތޭކަ ސައްބީސް) ގައި އަލް އިސްކަންދަރުލް މަޤްދޫނީ (الإسكندر المقدونى) އަތުވެއްޖައުމަށްދާދެން ފާރިސީންގެ މި އެއްބައިވަންތަކަން ދެމިގެންދިޔައެވެ. އަލް އިސްކަންދަރުލް މަޤްދޫނީ (الإسكندر المقدونى) އައިސް ޢިރާޤާއި ޢިރާޤުގެ ކައިރީގައިވާ ރަށްތަކަށްވެރިވަގަތެވެ. މީގެ ފަހުން އެމީހުންގެ ރައްޔިތުން ބައިބައިވެގެންދިޔައެވެ.
އަދި މުލޫކު އައްޠަވާއިފު (ملوك الطوائف) ގެ ނަމުން ތާރީޚުގައި ނަންދެވިފައިވާ ރަސްރަސްކަލުން އެރަށްރަށުގައި ވެރިކަން ކުރިއެވެ. މިގޮތަށް ބައިބައިވެފައިވާ ވެރިކަން މީލާދީ ސަނަތުން 230 ( ދުއިސައްތަ ތިރީސް) އާ ޖެހެންދެން ހިނގަމުން ދިޔައެވެ. މި ރަސްރަސްކަލުންގެ ދުވަސްވަރުގައި އަލް ޤަހްޠާނީން (القحطانيون) ހިޖުރަކުރިއެވެ. އަދި އެބައިމީހުން ޢިރާޤުގެރަށްފުށުގެ ބައެއްގެ މައްޗަށް ވެރިވިއެވެ. އެއަށްފަހު ޢަދްނާނީން (العدنانيين) ގެ ތެރެއިން ހިޖުރަ ކުރި މީހުން އެމީހުންނާ ކުރިމަތިލިއެވެ. އަދި އެމީހުންނާ މުޤާބަލާކޮށް ފުރާތު ޖަޒީރާ (الجزيرة الفراتية )ގެ ބައެއްގައި ވަޒަންވެރިވިއެވެ. އުރުދު ޝީރު (أردشير)ގެ ވެރިކަމުގައި ފާރިށިން ދެވަނަ ފަހަރަށް އެމީހުންގެ ބާރު ޖަމާކުރިއެވެ. އަދި ސާސާނީ ދައުލަތު (الدولة الساسانية)ގެ ބިންގާއެޅިއެވެ. ސާސާނީ ދައުލަތު (الدولة الساسانية) މީލާދީ ސަނަތުން 226 (ދުއިސައްތަ ސައްބީސް) އިން ފެށިގެން ހިނގަމުން ދިޔައެވެ.
ބައިބައިވެފައިވާ ފާރިސީންގެ ސަފުތަށް ޖަމަޢުކޮށް ގުޅާލިއެވެ. އަދި އޭނާގެ ޤަޥްމުގެ އެކި ހިސާބުތަކުގައި ވަޒަންވެރިވެފައިވާ ޢާރަބިންގެ މައްޗަށް ވެރިވެގތެވެ. ޤުޟާޢަތު (قضاعة) ވަންހަ ޝާމް (الشّام) ކަރައަށް ހިޖުރަކުރި ސަބަބެއްކަމުގައި މިކަންވެގެން ދިޔައެވެ. އަލް ޙީރަތު އާއި އަލް އަންބާރު (الحيرة ، الأنبار)ގެ އަހުލުވެރިން އޭނާގެ ބާރުގެ ދަށަށް ގެންނެވިއެވެ. މީލާދީގެ ކުރިން 522 (ފައްސަތޭކަ ފަންސަވީސް) އާއި 557 ( ފައްސަތޭކަ ފަންސާސް ހަތެއް) އާ ދެމެދު ޤޫރޫސުލް ކަބީރު (قوروش الكبير) ފާރިސީންގެ ސަފުތައް އެއކޮށް ޖަމަޢު ކުރީއްސުރެއް، ޢިރާޤާއި ޢިރާޤުގެ އިންވެގެންވާ ރަށްތަކުގެ މައްޗަށް ބަރު ހިންގާ ވެރިކަން ކުރިއެވެ. އެދުވަސް ވަރު އެމީހުންނާ ކުރިމަތި ލެވޭވަރުގެ ބާރެއްނެތެވެ. މީލާދީ ސަނަތުން 326 (ތިން ސަތޭކަ ސައްބީސް) އަހަރުގެ ކުރިން އަލް އިސްކަންދަރުލް މަޤްދޫނީ (الإسكندر المقدونى) ވަޑައިގަތުމަށްދާންދެން ފާރިސީންގެ އާރާއިބާރު ދެމިއޮތެވެ. އަލް އިސްކަންދަރުލް މަޤްދޫނީ (الإسكندر المقدونى) ވަޑައިގެން ފާރިސީންގެ ބާރުތަށް ފުނޑުފުނޑު ކޮށްލެއްވިއެވެ. އަމި އެމީހުންގެ ރަސްގެފާނު ދާރުލް އައްވަލް ބަލި ކުރެއްވިއެވެ.
އެހިނދު އެމީހުންގެ ރަށްތައް ބައިބައިވެގެން ދިޔައެވެ. ދެން އެރަށްތަކަށް މުލޫކު އައްޠަވާއިފު (ملوك الطوائف) ގެ ނަން ދެވިގެންވީ ރަސްރަސްކަލުން ވެރިވެ ވެރިކަން ކުރިއެވެ. މިގޮތުގައި މީލާދީ ސަނަތުން 230 ( ދުއިސައްތަ ތިރީސް) ވަނަ އަހަރާ ޖެހެންދެން ޠަވާއިތުންގެ އަމްރު މަޢުރޫފު ދެމިއޮތެވެ. މި ޠވާއިތުންގެ ދުވަސްވަރުގައި އަލް ޤަހްޠާނީން (القحطانيون) ހިޖުރަކުރިއެވެ. އަދި މިމީހުން ޢިރާޤުގެ ރަށްފުށުގެ ރަށްތަކެއްގެ މަށްޗަށް ވެރިވެގަތެވެ. އެއަށްފަހު ޢަދްނާނީން (العدنانين) ގެ ތެރެއިން ހިޖުރަކުރި މީހުން މިމީހުންނާ ކުރިމަތިލިއެވެ. ފުރާތު ޖަޒީރާގެ ބައެއްގައި މިމީހުން އާބާދުވިއެވެ. އުރުދު ޝީރު (أردشير)ގެ ދުވަސްވަރުގައި ދެވަހަނަ ފަހަރަށް ފާރިސީންގެ ބާރުތައް ޖަމަޢުކުރިއެވެ. މީލާދީ ސަނަތުން 226 (ދުއިސައްތަ ސައްބީސް) ގައި ސާސާނީ ދައުލަތު (الدولة الساسانية)ގެ ބިންގާ އަޅާ ބައިބައިވއެފައިވާ ފާރިސީ ޖަމަޢުކުރިއެވެ. އަދި އޭނާގެ ޤަޥްމުގައި ފޭލިގެތަކުގައި އާބާދުވެފައިވާ ޢަރަބިންގެ މައްޗަށްވެރިވިއެވެ. ޤުޟާޢަތު (قضاعة) ވަންހަ ޝާމަށް ހިޖުރަކުރި ސަބަބެއްކަމުގައި މިކަން ވިއެވެ. އަލް ޙީރަތާއި އަލް އަންބާރު (الحيرة والأنبار) ގެ އަހުލުވެރިން އުރުދު ޝީރު (أردشير)ގެ ވެރިކަމުގެ ދަށުގައި އޭނާއަށް ކިޔަމަންތެރިވެގެން ތިއްބެއެވެ.
އުރުދު ޝީރު (أردشير)ގެ ވެރިކަމުގެ ދުވަސްވަރުގައި މުޟަރު (مضر) ވަންހައާއި ރަބީޢަ (ربيعة) ވަންހައިން އަލް ޖަޒީރަތު (الجزيرة) ގައްޔާއި ޢިރާޤުގެ ރަށްފުށުގެ ހުރިހާ ހިސާބެއްގައްޔާއި އަދި އަލް ޙީރަތު (الحيرة) ގައި ދިރި އުޅޭ އެންމެންގެ ވެރިކަން އޮތީ ޖުޒައިމަތުލް ވަޟާޙު (جذيمة الوضاح) ގެ އަތްމަތީގައެވެ. ސީދާ ގޮތެއްގައި ޢަރަބީންގެ މަށްޗަށް ވެރިކަން ކުރުމަކީ ވާނޭ ކަމެއްނޫންކަމުގައި އުރުދު ޝީރު (أردشير) އަށް އިޙްސާސް ކުރެވުނެވެ. އަދި އޭނާގެ ވެރިކަމުގެ ދަށުގައިވާ ތަންތަނަށް ޙަމަލާ ދިނުމާއި ފޭރުމުގެ ކަންތައްތައް ހުއްޓުވޭނީ ޢަރަބި ޤަބީލާތަކުގެ ތާޢީދު އޮންނަ ނުފޫޒުގަދަ މީހަކު އެމީހުންގެ މައްޗަށް ވެރިކުރުވައިގެން ކަމުގައި އޭނާ ދެކުނެވެ. އަދި ޝާމް (الشّام) ގެ ޢާރަބިންނަކީ ރޫމީން (الرومان) ގެ ދަރުގައިވާ ބަޔަކު ކަމުގައި ވީހިނދު ޝާމީ ޢަރަބިންނާ މިމީހުން ކުރިމަތި ކުރުވޭނެކަމުގައިވެސް ދެކެއެވެ. ރޫމީ ރަސްރަސްކަލުންގެ ހަމަލާތައް ދޭތެރެ ދޭތެރެއިން ފާރިސީންނަށާއި ފާރިސީންގެ ދަށުގައިވާ ޢަރަބިންގެ މައްޗަށްވެސް އަންނަމުންދެއެވެ.
އެހެންކަމުން ފަރިސީންގެ ކުޑަ ލަޝްކަރެއް ޙީރަތު (الحيرة) ގެ ރަސްގެފާނުގެ ގާތުގައި ބޭތިއްތިއެވެ. މީލާދީ ސަނަތުން 268 ވަނަ އަހަރުގައި ޙީރަތު (الحيرة) ގެ ރަސްގެފާނު ޖުޒައިމަތު (جذيمة) އަވަހާރަވެއްޖެއެވެ. ޖުޒައިމަތު (جذيمة) އަވަހާރަވުމާ ގުޅިގެން ޢަމްރޫ ބުނު ޢަދިއްޔު ބިން ނަޞްރު އަލް ލަޚްމީ (عمرو بن عدى بن نصر اللخمى) ޙީރަތު (الحيرة) ގެ ވެރިކަމަށް އިސްވިއެވެ. ލަޚްމީންގެ ފުރަތަމަ ރަސްކަލަކު ކަމުގައި މީނާ ވިއެވެ. އާދެ! ލަޚްމީންގެ ވެރިކަން ފެށީފައިވަނީ ކިސްރާ ސާބޫރު ބުނު އުރްދުޝީރު (كسرى سابور بن أردشير) ގެ ދުވަސްވަރުގައެވެ. މި ލަޚްމީންގެ ވެރިކަން ޙީރަތު (الحيرة) ގެ މައްޗަށް އެއްރަސްކަލަށްފަހު އަނެއް ރަސްކަލަކު އަންނަމުން ދިޔައެވެ. މިގޮތުން ފާރިސީންގެ ވެރިކަންކުރި ޤުބާޛު ބުނު ފައިރޫޒް (ފީރޯޒް) (قُبَاذ بن فيروز) ގެ ވެރިކަމުގެ ދުވަސްވަރުގައި މަޛްދަކު (مَزْدَك) ފާޅުވެއްޖައުމަށް ދާންދެން މި ވެރިކަން ދެމިއޮތެވެ. މި މަޛްދަކު (مَزْدَك) އިބާޙިއްޔަތު (الإباحية) ގެ ގޮވާލުމައިގެން ތެދުވިއެވެ. އިބާޙިއްޔަތަކީ ހުރިހާ ކެމެއް ހުއްދަކުރުމެވެ. މީސްތަކުންނަށް އިބާޙިއްޔަތު (الإباحية) އަށް ދަޢުވަތު ދެމުން މީނާ ދިޔައެވެ.
މީނާގެ މި ގޮވާލުމަށް ފާރިސީންގެ ގިނަ ބަޔަކު އިޖާބަދިނެވެ. އަދި ޤުބާޛު ރަސްގެފާނު މި މަޛްހަބު ތެދު ކުރިއެވެ. އަދި ޙީރަތު (الحيرة) ގެ ރަސްގެފާނަށް މި އިބާޙީ މަޛްހަބަށް ގޮވާލާ އޭނާއަށް ދަޢުވަތުދިނެވެ. އެއިރު ޙީރަތު (الحيرة) ގެ ރަސްކަލަކަށް ހުންނެވީ އަލް މުންޛިރު ބުނު މާއު އައްސަމާއު (المنذر بن ماء السماء) އެވެ. އޭނާ މި މަޛްހަބު ޤަބޫލު ކުރުމަށް އިންކާރު ކުރިއެވެ. އެހެންކަމުން ކިސްރާގެ ރަސްގެފާނު ޤުބާޛު ޙީރަތު (الحيرة) ގެ ރަސްކަމުން މުންޛިރު ވަކި ކުރެއްވިއެވެ. އަދި ޙީރަތު (الحيرة) ގެ ރަސްކަލަކު ކަމުގައި ޙާރިޘް ބުނު ޤަމްރޫ ބުނު ޙަޖަރުލް ކިންދީ (الحارث بن عمرو بن حجر الكندى) އިސްކުރެއްވިއެވެ. އޭނާ ޙީރަތު (الحيرة) ގެ ރަސްކަމަށް އިސްކުރީ އޭނާ އިބާޙީ (الإباحية) މަޛްހަބު ޤަބޫލު ކުރުމުންނެވެ. ޤުބާޛަށްފަހުގައި ކިސްރާ (كسرى) ގެ ރަސްކަމަށް އައީ އަނޫ ޝިރުވާން (أنوشروان) އެވެ. މިނާ އިބާޙީ (الإباحية) މަޛްހަބަށް ވަރަށްބޮޑަށް ނަފްރަތު ކުރެއްވިއެވެ. އަދި ޤުބާޛާއި އޭނާގެ މަޛްހަބަށް ތަބަޢުވެގެންވި ގިނަ ބޔަކު ޤަތުލު ކުރިއެވެ. އަދި ޙީރަތު (الحيرة) ގެ ރަސްކަމަށް މުންޛިރު (المنذر) އަނބުރާ ގެންނެވިއެވެ. އަދި الحارث بن عمرو ކިސްރާ (كسرى) ގެ ރަސްގެފާނު އަހިރަށް އަނބުރާ ފޮނުއްވުމަށް އެންގެވިއެވެ.
އެހެނަސް އޭނާ ފިލައިގެން ދާރުލް ކަލްބް (دار كلب) އަށް ދިޔަ އޭނާ މަރުވެއްޖެއުމަށްދާންދެން އެތާންގައި ހުއްޓެވެ. އަލް މުންޛިރު ބުނު މާއު އައްސަމާއު (المنذر بن ماء السماء) އަށްފަހު ނުޢުމާން ބުނު މުންޛިރު (النعمان بن المنذر) އަށް ދާންދެން މިރަސްކަން ދެމިގެން ދިޔައެވެ. ޒައިދު ބުނު ޢަދިއްޔުލް ޢިބާދީ (زيد بن عدى العبادى) ރާވައިގެން ކިސްރާ (كسرى) އަރިހަށްގޮސް ދެބައުޑުވުމުން ނުޢުމާން ގެ މައްޗަށް ކިސްރާ (كسرى) ކޯފާ އިސްކުރައްވާ ނުޢޫމާން ބަލާ ފޮނުއްވިއެވެ. އެހިނދު ނުޢޫމާނު ސިއްރިއްޔާތުގައި ނިކުމެވަޑައިގެން އާލު ޝައިބާނުގެ (آل شيبان) ގެ ހާނީ ބިން މަސްޢޫދު (هانئ بن مسعود) އަރިހަށް ފައިބާ ވަޑައިގެންނެވިއެވެ. ދެން ނުޢޫމާނުގެ އަހުލުންނާއި މުދާ އޭނާއާއި ހަވާލު ކުރައްވާފައި ކިސްރާ (كسرى) އަރިހަށް ވަޑާއިގެންނެވިއެވެ. ކިސްރާ (كسرى) އޭނާ އަވަހާރަވެއްޖައުމަށް ދާންދެން ހައްޔަރު ކުރައްވާފައި ބެހެއްޓިއެވެ.
އޭނާގެ ބަދަލުގައި ޙީރަތު (الحيرة) ގެ ވެރިކަމަށް އިޔާސް ބުން ޤަބީޞަތު އައްޠާއީ إياس بن قَبِيصة الطائى އިސްކުރެއްވިއެވެ، އަދި ހާނީ ބިން މަސްޢޫދު (هانئ بن مسعود) އަތުގައި ބަހައްޓާފައިވާ ނުޢުމާގެ މުދާ ބަލާ ފޮނުއްވުމަށް ކިސްރާ (كسرى) އޭނާއަށް އަމުރު ކުރެއްވިއެވެ. ނަމަވެސް ހާނީ ބިން މަސްޢޫދު (هانئ بن مسعود)އެ މުދާ އަނބުރާ ދިނުމަށް އިންކާރު ކުރެއްވިއެވެ. އެނހިދު ކިސްރާ (كسرى)ގެ ރަސްގެފާނު އޭނާ އާއި ހަނގުރާމަ އިޢުލާންކުރެއްވިއެވެ. ލަހެއްނުވެ އިޔާސް ބުން ޤަބީޞަތު އައްޠާއީ (إياس بن قَبِيصة الطائى)ގެ ކޮމާންޑަރުގެ ދަށުގައި ކިސްރާ (كسرى)ގެ ކުޑަ ލަޝަކަރެއް ފޮނުއްވިއެވެ. ޛީ ޤާރު (ذى قار) އޭ ކިޔާ ތާނގައި ހާނީ ބިން މަސްޢޫދު (هانئ بن مسعود) އަށް ތާޢިދު ކުރާ މީހުންނާއި ކިސްރާ (كسرى)ގެ ކުޑަ ލަޝަކަރާ ދެމެދުގައި ވަރުގަދަ ކުރިމަތި ލުމެއް ހިނގިއެވެ. މިކުރިމަތި ލުމުގައި ކާމިޔާބު ލިބުނީ ބަނޫ ޝައިބާނީން (بنو شيبان) ނަށެވެ. ފާރިސީންގެ ލަޝްކަރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނެވެ.
މިއީ ޢަޖަމީންގެ މައްޗަށް ޢަރަބީން ގަދަވެ ލިބުނު ފުރަތަމަ ކާމިޔާބީއެވެ. މިކަން ހިނގާފައިވަނީ ސަލާމާއި ޞަލަވާތްލެއްވި ނަބިއްޔާ ދުނިޔެއަށް ވަޑައިގަތުމުގެ ކުޑަ ދުވަސްކޮޅެއް ފަހުގައެވެ. އިޔާސް ބުން ޤަބީޞަތު އައްޠާއީ (إياس بن قَبِيصة الطائى) ޙީރަތު (الحيرة)ގެ ވެރިއަކަށް އިސްކުރެވުނުތާ 8 މަސް ފަހުންނެވެ. އިޔާސް ބުން ޤަބީޞަތު އައްޠާއީ (إياس بن قَبِيصة الطائى) އަށްފަހު ޙީރަތު (الحيرة) ފާރިސީންގެ ޙާކިމަކު އިސްކުރެއްވިއެވެ. އެއަށްފަހު މީލާދީ ސަނަތުން 632 ވަނަ އަހަރު އާލް އަލް ލަޚްމް (آل لخم) އަށް ރަސްކަން އެނބުރި ދިޔައެވެ. އެމީހުންގެ ތެރއިން އަލް މަޢުރޫރު (المعرور) ގެ ލަޤަބުން މަޝްހޫރު ވެފައިވާ މުންޛިރު ބުނު ނުޢުމާން (المنذر بن النعمان) އިސްކުރެވުނެވެ. އެހެނަސް އޭނާގެ ވެރިކަމަށް 8 މަސް ވީތަނާ މުސްލިމުންގެ ބޮޑޫ ލަޝްކަރަކައިގެން ޚާލިދު ބުނު ވަލީދު (خالد بن الوليد رضى الله عنه ) ވަޑައިގެން ޙީރަތު (الحيرة) އަށް ވަދެވަޑައިގެންނެވިއެވެ.
މި ސިޔަރަތަކީ ރާބިޠަތުލް ޢާލަމިއްޔާގެ ފަރާތުން رسول الله صلى الله عليه وسلم ގެ މައްޗަށް އެންމެ ފުރިހަމައަށް ސިޔަރަތު ލިޔުނު ފަރާތަކަށް ދިނުމަށް ހުޅުވާލި ނޯބަލް އިނާމު ލިބުނު ސިޔަރަތު އައްރަޙީޤު އަލް މަޚްތޫމް (الرحيق المختوم) މި ސިޔަރަތު ލިޔުއްވީ އިންޑިއާގެ ޢިލްމުވެރިއެއްކަމަށްވާ ޞަފިއްޔުއް ރަޙްމާން އަލްމުބާރަކް ޕޫރީ އެވެ. ދިވެހި ބަހަށް ތަރްޖަމާ ކުރެއްވީ ފަޟީލަތުއްޝައިޚް އަލް އުސްތާޛް ޢުޘްމާން ޢަބްދުﷲ އެވެ.
ސިޔަރަތުގެ އޯޑިއޯ:
(ނުނިމޭ….)