ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ފެންފުށި ޕްރީސްކޫލަށް ބަދަލުތަނެއް ގެނެސްފި

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން އދ. ފެންފުށި ޕްރީސްކޫލު މަރާމާތުކޮށް ތަރައްގީކޮށްފިއެވެ.

މި ޕްރޮޖެކްޓް ކުރިޔަށް ގެންގޮސްފައިވަނީ ފެންފުށީގައި ހިންގަމުންދާ ޖަމިއްޔާއެއް ކަމަށްވާ ފެންފުށި ޒުވާނުންގެ ދިރުމުގެ ފަރާތުންނެވެ. މި ޕާކު މިހާރު ވަނީ ޕްރީސްކޫލު ކުދިންނަށާއި އާންމުންނަށް ހުޅުވާލާފައެވެ.

އިޝްތިހާރު Below Header ad

މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ފެންފުށި ޒުވާނުންގެ ދިރުމުގެ ފަރާތުން ޖަމިއްޔާގެ ރައީސް އަހުމަދު އަބްދުލް މުހުސިން ވިދާޅުވީ އެރަަށަކީ ކުޑަކުދިންގެ ޕާކެއް ހުންނަރަށެއް ނޫންކަމުން މި ޕްރޮޖެކްތުގެ ދަށުން އެންމެ ބޮޑު މަގުސަދަކަށްވީ މި ޕާކު ތަރައްގީކޮށް ހިތްހަމަޖެހުމާއި އުފަލުގެ ތެރެއިން އެކުވެރި ބަދަހި އާއިލާތަކެއް އުފައްދާ އެއްބައިވަންތަ މުޖުތަމައުއެއް ބިނާކުރުން ކަމަށެވެ.

BML fenfushi 1 jpeg

” ޖަމިއްޔާގެ ފަރާތުން ރައްޔިތުންނަށް މިވަރުގެ ހިދުމަތެއް ކޮށްދެވުނީތީ ވަރަށް އުފާކުރަން. މި ފުރުސަތުގައި ބީއެމްއެލްއިން މުޖުތަމައިގެ ލާބައާއި މަންފާ އަށް ކުރަމުންދާ މަސައްކަތަށް ޝުކުރުއަދާކުރަން.” އަހްމަދު އަބްދުލް މުހްސިން ވިދާޅުވިއެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.