ކިނޮޅަސް ބަނދަރު ތަރްއްޤީ ކުރުމުގެ މަސައްކަތް ނިންމާލައިފި

ރ. ކިނޮޅަސް ބަނދަރު ތަރްއްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލެވިފައިވާ ކަމަށް އެމްޓީސސީން ބުނެފިއެވެ.
ކިނޮޅަސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަކީ 46.55 މިލިއަން ރުފިޔާއަށް ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
އެމްޓީސީނީން ބުނެފައިވަނީ މި މަޝްރޫއުގެ ދަށުން، ތިރީސްއެއްހާސް ހަތްސަތޭކަ ސައްބީސް ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، ފަނަރަހާސް ދުއިސައްތަ ފަންސާސް ދެ ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ، މިހާރު ހުރި ހާބަރ ބޭސިން ފުންކުރުމާއި، އެއްހާސް ނުވަސަތޭކަ ވިހި ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، ހަހާސް އެއްސަތޭކަ ކިއުބިކް މީޓަރުގެ ދޯނި އެހެލާ ސަރަހައްދު ފުންކުރުމާއި، ސަތޭކަ އަށްޑިހަ ހަ މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، ސަތޭކަ ހަތްދިހަ ދޭ ޕޮއިންޓް ތިނެއް ސުމެއް މީޓަރުގެ ސަރަހައްދެއްގެ މިހާރު ހުރި އެއްގަމުތޮށި މަރާމާތު ކުރުމާއި، ދުއިސައްތަ އަށްޑިހަ ފަސް މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، ފަސްދޮޅަސް ފަސް މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ސަތޭކަ ތިރީސް މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި،
އެއްހާސް އަށްސަތޭކަ އަށްޑިހަ ހަތަރު އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި، ބީކަން ހަރުކުރުމާއި، މޫރިންގ ބްލޮކްސް ހަރުކުރުމާއި، ރޭމްޕެއް ހެދުމުގެ މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.
ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. އެމްޓީސީސީ އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަސީލަތްތައް ބިނާކުރުމުގައި އެ ކުންފުނިން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

އިޝްތިހާރު Below Header ad

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.