އުފާވެރި މަޖާ ވަގުތުކޮޅަކާއެކު އުރީދޫ ފަން ރަން ކުޅުދުއްފުށީގައި ބާއްވައިފި

އުރީދޫ މޯލްޑިވްސްއިން ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ އުފާވެރި ދުވުން، އުރީދޫ ފަން ރަން ކުޅުދުއްފުށީ ސިޓީގައި ބާއްވައިފިއެވެ.

3000 އަށް ވުރެ ގިނަ ބައިވެރިންނާއެކު ބޭއްވި ދުވުމަކީ މިހާތަނަށް އަތޮޅުތެރޭގައި ބާއްވުނު އެންމެ ބޮޑު ދުވުމެވެ. ކުޅުދުއްފުށީ ސިޓީގައި ބޭއްވުނު މި ދުވުމުގައި ހދ. އަތޮޅުގެ އެކި ކަންކޮޅުތަކުން އެކު އުމުރު ފުރައިގެ މީހުން ބައިވެރިވެ އުފާވެރި އަދި ހަނދާން ނައްތާނުލެވޭ ފަދަ ހަރަކާތަކަށް ވެގެންދިޔައެވެ.

އިޝްތިހާރު Below Header ad

ދުވުން ފެށިގެން ދިޔައީ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ އާއި މަކުނުދޫ ދާއިރާގެ މެންބަރު އޮނަރަބަލް މުހައްމަދު ރާއީ އާއި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް އާއި ކުޅުދުއްފުށީ ސިޓީގެ ޑެޕިއުޓީ މޭޔަރު އަލީ އަހުމަދް އާއި ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސައްތާރް އާއި ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަބްދުالله ނަދީމް އާއި މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމް އާއި ހިރިމަރަދޫ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު އާއި ނެއްލައިދޫ ކައުންސިލްގެ ރައީސް މުހައްމަދު އަލީފް އާއި އުރީދޫ މޯލްޑިވްސްގެ މެނޭޖްމަންޓް ޓީމް ހިމެނޭހެން ދުވުންތެރިންނާއެކު ނެގުނު ކުލަ ގަދަ ސެލްފީ އަކުންނެވެ.

Ooredoo KFC 3

އުރީދޫ ފަން ރަން އަކީ ހަމައެކަނި ދުވުމުގެ އިތުރުން އުފާވެރި އަދި މަޖާ ހަރަކާތްތަކެއް ހިމެނޭ ދުވުމެކެވެ. މިއީ ދުޅަހެޔޮ އަދި ހަރަކާތްތެރި ދިރިއުޅުމުގެ ވައްޓަފާޅިއެއް އާލާ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ. ދުވުންތެރިން ދުވެ ނިންމާ ކޮންމެ ކިލޯމީޓަރަކީ ކުލަތަކާއި، އިންފްލެޓްބަލް އޮބްސްޓެކްލްސް، ފޯމް ޕާޓީއެއް ފަދަ މަޖާ ހަރަކާތްތަކާއކު ބައިވެރިންނަށް މި ދުވުމަކީ ކަސްރަތުގެ އިތުރުން އާއިލާ އާއި ރައްޓެހިންނާއެކު އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ފަހިވެގެން ދާ ދުވުމެކެވެ. އެހެންކަމުން މި ދުވުމުގައި ހުރިހާ އުމުރު ފުރައެއްގެ ފަރާތްތަކަށް އަދި ދުވުމުގެ ތަޖުރިބާއެއް ނެތް ފަރާތްތަކަށް ވެސް ބައިވެރިވެވޭ ދުވުމަކަށް ވެގެންދެއެވެ.

“ކުޅުދުއްފުށީ ސިޓީގައި އުރީދޫ ފަން ރަން ބާއްވައި، މި މަޖާ ހަރަކާތް ހދ.އަތޮޅުގެ ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރ މުޙައްމަދު އާތިފާއި، ކައުންސިލްގެ މެންބަރުން، މި ޙަރަކާތަކީ ހަނދާން ނައްތާނުލެވޭ ފަދަ ތަޖުރިބާއަކަށް ހެއްދެވުމުގައި ދެއްވި ފުރިހަމަ އެއްބާރުލެއްވުން ފާހަގަކޮށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ބައިވެރިންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބާއި ހިތްވަރަކީ ހަގީގަތުގައި ވެސް އުފާވެރި ކަމެކެވެ. ހުރިހާ އުމުރެއްގެ މީހުން ވެސް އާއިލާ އާއި ރައްޓެހިންނާ އެކު މި ހަރަކާތުގައި ބައިވެރިވެ އުފާވެރި ވަގުތުތަކެއް ހޭދަކުރެވިގެން ދާތަން ފެނިގެން ދިއުމަކީވެސް އަޅުގަނޑުމެންނަށް ލިބުނު އުފާވެރިކަމެއް. ކުރިއަށް އޮތް ތަނުގައިވެސ މި ފަދަ މަޖާ އަދި އުފާވެރި ހަރަކާތްތައް ހދ އަތޮޅުގައި ބޭއްވިގެންދާނެކަމުގެ ޔަގީންކަން އަރުވަން.”

Ooredoo KFC 6

“އަޅުގަނޑުމެންގެ މި ރިވެތި ސިޓީ ކަމަށްވާ ކުޅުދުއްފުށީގައި އުރީދޫ ފަން ރަން ބޭއްވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް. މި ހަރަކާތުގައި އަތޮޅުގެ އެކި ކަންކޮޅުތަކުން މީހުން އެއްތަނަކަށް އެއްވެ ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއާއި މުޖުތަމައުގެ ރޫހު އާލާކޮށްފައިވޭ. އުރީދޫ ފަން ރަން އިވެންޓް މެނޭޖްމަންޓާއި ކޯޑިނޭޝަނުން ފެށިގެން މުނިފޫހިފިލުވުމުގެ ހުރިހާ ކަމެއްގައި އަޅުގަނޑުމެންގެ “ބޮޑު ތިލަދުންމަތީ” މުޖުތަމައުގެ ހުނަރުވެރި ބޭފުޅުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ކާމިޔާބު ހަރަކާތަކަށްވާތީ މިއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް. އުރީދޫ މޯލްޑިވްސް އިން މި ފާހަގަކޮށްލެވޭ އިވެންޓް އަޅުގަނޑުމެންގެ ސިޓީގައި އިންތިޒާމުކޮށް މި ފުރުސަތު ފަހިކޮށްދިން ކަމަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަޅުގަނޑުމެންގެ އުއްމީދަކީ ކުރިއަށް އޮތްތަނުގައި ވެސް މިފަދަ އިތުރު ހަރަކާތްތައް ފެނިގެންދިއުން. ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފް.

އުރީދޫ މޯލްޑިވްސްއިން ވަނީ އިވެންޓް ޕާޓްނަރުން – ހޯސްޓް ޕާޓްނަރ، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ފަރާތުން މި ހަރަކާތް ރާވައި ހިންގުމުގައި ވެދެއްވި އެއްބާރުލުމާއި އެއްބާރުލުމަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުން އުރީދޫ ފަން ރަން ބެވަރޭޖް ޕާޓްނަރު: ކޮކާކޯލާ، މީޑިއާ ޕާޓްނަރު: ކުޅުދުއްފުށީ އޮންލައިން، އިވެންޓް ޕާޓްނަރު: ޑަބްލިއު ކްރާފްޓް ސެންޓަރު، ފޮޓޯގްރަފީ ޕާޓްނަރު: އައިވެލް ޕޯޓްރެއިޓް، ބްރޯޑްކާސްޓިން ޕާޓްނަރު: އެސްއެސްޓީވީ، މެޑިކަލް ޕާޓްނަރު: ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ފަސްޓް އެއިޑް ޕާޓްނަރު: މޯލްޑިވިއަން ރެޑް ކްރެސެންޓް ކުޅުދުއްފުށި ސިޓީ، ސޭފްޓީ ޕާޓްނަރު: މޯލްޑިވްސް ޕޮލިސް އިން އުރީދޫ ފަން ރަން – ކުޅުދުއްފުށި އެޑިޝަން އަކީ ބޮޑު ކާމިޔާބީއަކަށް ހެދުމުގައި ދެއްވި އަގުހުރި އެއްބާރުލުމަށް ވެސް އެ ކުންފުނިން ވަނީ އަލިއަޅުވާލާފައެވެ. މީގެ އިތުރުން ކުޅުދުއްފުށީ ސިޓީގެ ޒުވާނުން ބާރުވެރިކުރުވުމުގެ ޖަމިއްޔާތައް ކަމަށްވާ ހިރާފުސް އާއި ޒިގްޒެގް ފޯ ޔޫތު ލިންކޭޖް އަދި ކްލަބް ކޮރަލްސް އިން ދުވުންތެރިންނަށް އުފާވެރި ވަގުތުކޮޅެއް ހޯދައިދިނުމުގައި ވެދެއްވި ފުރިހަމަ އެއްބާރުލުމަށް އުރީދޫން ވަނީ ވަރަށް ހޫނު ޝުކުރެއް އަދާކޮށްފައެވެ.

Ooredoo KFC 5

އުރީދޫ މޯލްޑިވްސް އިން މިހާރު ވެސް އަންނަނީ މި އަހަރުގެ ފަހުކޮޅު ހުޅުމާލޭގައި ބާއްވާ އުރީދޫ ފަން ރަންގެ ކުރިއަށް އޮތް އެޑިޝަނަށް ތައްޔާރުވަމުންނެވެ. ކުރިއަށް އޮތް އަހަރުތަކުގައި މި ދުވުން ރައްޖޭގެ އިތުރު ސަރަޙައްދުތަކަށް ފުޅާކޮށް، ވީހާވެސް ގިނަ ބޭފުޅުންނަށް ބައިވެރިވުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.