މަނަދޫ ރަންތަރި 1444 އަށް ފާޠިމަތު އިޔާޝާ ހޮވިއްޖެ!

މިއީ އަތޮޅުފެންވަރުގައިވެސް މިއަހަރު ބޭއްވުނު އެންމެ އަގުބޮޑު މުބާރާތް

މަނަދޫ ކައުންސިލުގެ ފަރާތުން ރާވަައި، އައުޓްސޯސް އުސޫލުން ޗެސްޓަރ ޖަމިއްޔާގެ ފަރާތުން އިންތިޒާމުކޮށް މިއަހަރުގެ ރަމަޟާން މަހު ކުރިޔަށް ގެންދިޔަ “މަނަދޫ ރަންތަރީ1444” މުބާރާތުގެ ފަޚުރުވެރި 1 ވަނަ އެރަށު ގަނދަކޯޅިމާގޭ، ފާތިމަތު އިޔާޝާ ހާސިލްކޮށްފިއެވެ.

iyasha e1682274965567
މަނަދޫ ރަންތަރި 1444 ގެ 1 ވަނަ، ފާޠިމަތު އިޔާޝާ

މިރޭ ކުރިއަށް ދިޔަ މިމުބާރާތުގެ ފަހު މަރުޙަލާގައި އޮތީ ޤުރުއާން ތަރުޖަމާ ކިޔުމުގެ ބައެވެ. ޤުރުއާން ކިޔެވުމުގެ ބައި ނިމިފައިވަނީ ރޭގައެވެ. އެއާއިއެކު މުބާރާތުގެ ގަދަ ހައެއް ހޮވާފައިވާއިރު މުބާރާތުގެ 1 ވަނަ 2 ވަނަ އަދި 3 ވަނަ ވަނީ ހޮވާފައެވެ. މުބާރާތުގެ 2 ވަނަ ހޯދާފައިވަނީ އިރްތިޝާމް އަޙްމަދު ނަޢީމެވެ. އަދި 3 ވަނަ ހޯދާފައިވަނީ ފާރިޝާ މުޙައްމަދެވެ.

އިޝްތިހާރު Below Header ad
2vana e1682275367947
މަނަދޫ ރަންތަރި 1444 ގެ ދެވަނަ އިރްތިޝާމް އަޙްމަދު ނަޢީމް

މުބާރާތުގެ 1 ވަނައަށް ހޮވުނު ފަރާތަށް ވަނީ ހިޖާޒް ޙައްޖު އެންޑް ޢުމްރާގެ ފަރާތުން ޢުމްރާ ދަތުރެއް ހަދިޔާކޮށްފައެވެ. އަދި މީގެ އިތުރުން މުބާރާތުގެ 1 ވަނައަށް، 15000 (ފަނަރަ ހާސް) ރުފިޔާގެ ނަގުދު ފައިސާގެ އިނާމު ވަނީ ލިބިފައެވެ. މުބާރާތުގެ 2 ވަނައަށް 10000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމު ލިބިފައިވާއިރު މުބާރާތުގެ 3 ވަނަ ފަރާތަށް 5000 (ފަސްހާސް) ރުފިޔާގެ އިނާމު ވަނީ ލިބިފައެވެ. މީގެ އިތުރުންވެސް މުބާރާތުގެ ގަދަ ހަޔަކަށް އަދި އެހެންވެސް ވަނަތަކަށް އެކި ފަރާތްތަކުން ގިނަ އިނާމު ތަކެއް ވަނީ ދީފައެވެ.

3 vana e1682275321174
މަނަދޫ ރަންތަރި 1444 ގެ 3 ވަނަ ފާރިޝާ މުޙައްމަދު

މިރޭގެ ޝަރަފްވެރި މެހްމާނަކީ ނ.އަތޮޅު މަދަރުސާގެ ޕްރިންސިޕަލް، އަލްފާޟިލް ޢަބްދުﷲ ޢީސާއެވެ. މިމުބާރާތަކީ ފުރިހަމަ މުބާރާތެއް ކަމަށާއި، އަދި ބައިވެރިން އިތުރުކުރެވޭނެ އިތުރުގޮތްތައް ރާވައި، މިގޮތުން، އޮޑިޝަންއެއް ބާއްވައިގެން ނުވަތަ، އުމުރުފުރާ އިތުރުކޮށްގެން ނަމަވެސް މިމުބާރާތް އިތުރަށް ފުޅާކުރަން ޖެހޭކަމުގައި ޝަރަފްވެރި މެހްމާން ފާހަގަކުރެއްވިއެވެ. މަނަދޫ ރަންތަރި1444 ގައި ކިޔެވީ ޖުމްލަ 11 ބައިވެރިންނެވެ.

Manadhoo Ranthari Baiverin e1681021987575
މަނަދޫ ރަންތަރި 1444 ގެ ބައިވެރިން

މީގެ އިތުރުން މިރޭ ވަނީ މުބާރާތުގެ ފަނޑިޔާރުންނަށާއި، މުބާރާތަށް އެހީތެރިވި ފަރާތްތަކަށާއި މުބާރާތުގެ ބައިވެރިންނަށް ހަނދާނީ ލިޔުމާއި، ފިލާ އަދި އިނާމު ދީފައެވެ. އަދި ޝަރަފްވެރިކަމުގެ އިނާމުގެ ގޮތުގައި، މަނަދޫގައި ޤުރުއާނުގެ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ފަރާތަކަށް އިނާމު ދީފައިވާއިރު މުބާރާތުގެ ހަމައެކަނި ފިރިހެން ބައިވެރިޔާ ކަމުގައިވާތީ ޝަރަފްވެރިކަމުގެ އިނާމުވެސް ވަނީ ބައިވެރިއަކަށް ދީފައެވެ.

This slideshow requires JavaScript.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.