އެމްއެންޑީއެފް އާއި ޔޫތު މިނިސްޓްރީ ގުޅިގެން ހިންގި ލީޑަރޝިޕް ޑިވެލޮޕްމެންޓް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި.

ޒުވާނުންނަށް އަމާޒުކޮށްގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް ގުޅިގެން ހިންގި ލީޑަރޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު އިއްޔެ ހަވީރު ގިރިފުށީގައި ބާއްވައިފި އެވެ.

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އަލްފާޟިލާ އިރުތިޝާމް އާދަމްއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ގިރިފުށީގައި ކުރިއަށް ދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔޫތް މިނިސްޓަރ ވިދާޅުވީ މިފަދަ ޕްރޮގްރާމެއް މިހާ ފުރިހަމަށް ގެންދިއުމުގައި އެމްއެންޑީއެފްގެ ފަރާތުން ކޮށްފައިވާ މަސައްކަތް ޝުކުރު ދަންނަވާ ކަމަށާއި އެފަރާތުން ކޮށްދީފައިވަނީ ވަރަށް ބުރަމަސައްކަތްތަކެއް ކަމަށެވެ.

މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ޕްރޮގްރާމް ފުރިހަމަ ކުރެއްވި އެކިއެކިފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވުންއޮތެވެ.

މިބައި ފުރިހަމަކޮށްދެއްވީ އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ ކާނަލް ވައިސް ވަހީދެވެ.

މި ރަސްމިއްޔާތުގަައި އިންޑިވިޖުއަލް ވަނަތަކެއް ވެސް ވަނީ ހޮވާފައެވެ. މިގޮތުން ”ޝައިނިންގ ސްޓަރ“ ގެ ނަމުގައި ޕްރޮގްރާމްގެ ފަސް ބައިވެރިންނަށް ހަނދާނީ ފިލައާއި ލިޔުން ހަވާލުކޮށްދެއްވިއިރު ލީޑަރސް ރިއެކްޝަން ކޯސް 1 ވަނަ ސްކޮޑާއި އޮބްސްޓެކަލް ކޯސް އެއްވަނަ ޕްލެޓޫން އާއި ބެސްޓް ޕްލެޓޫން ހޮވާ، މި ފަރާތްތަކަށް ވެސް ވަނީ ހަނދާނީ ފިލައާއި ލިޔުން ހަވާލުކޮށްދެއްވާފައެވެ. މި ބައި ފުރިހަމަ ކޮށްދެއްވީ ޔޫތް މިނިސްޓަރ އަލްފާޟިލާ އިރުތިޝާމް އާދަމްއެވެ.

މީގެ ތެެރެއިން ޝައިނިންގ ސްޓަރ އެވޯޑަކީ ޕްރޮގްރާމްގައި އެންމެ ރަނގަޅަށް މަސައްކަތްކުރި އަދި އެންމެ ހިއްވަރު ކުރި ފަރާތްތަކަށް ދެވޭ އެވޯޑެކެވެ.

މިމަހު 3 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށްގެންދެވުނު މި ޕްރޮގްރާމްގައި  ޖުމްލަ 35 ފަރާތަކުން ވަނީ ބައިވެރިވެފައިވެއެވެ.

މީގެ ތެރޭގައި ސަރުކާރުގެ ވުޒާރާތަކުންނާއި ބައެއް އޮފީސް ކުންފުނިތަކުން 20 ފިރިހެން ބައިވެރިއަކާއި 15 އަންހެން ބައިވެރިއަކު ވަނީ  ބައިވެރިވެފައެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ، އިސްލާމީ ރިވެތި އުޞޫލުތައް ދަސްކޮށްދިނުމާއި ބައިވެރިންގެ ހިތްތަކުގައި ޤައުމީ ލޯތްބާއި ޤައުމީ ރޫޙު އަށަގެންނެވުމާއި ލީޑަރޝިޕް ހުނަރު އިތުރަށް ތަރައްޤީ ކުރުމުގެ ފުރުޞަތު ހޯދައިދިނުމާއި ހަރުދަނާ ނަފުސެއް ބިނާކުރަން ދަސްކޮށްދިނުމެވެ.

މި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ފަރާތުން އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ކޮމާންޑިންގ އޮފިސަރ ކާނަލް ވައިސް ވަހީދާއި ސިފައިންގެ ވެލްފެއާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޭޖަރ އަޙްމަދު ޒުބައިރު އާއި ލީޑަރޝިޕް ކޭމްޕްގެ ކޮމާންޑަރ ކެޕްޓަން އިބްރާހިމް ޝާހިދްގެ އިތުރުން ސިފައިންގެ ބައެއް އޮފިސަރުން ނާއި ޔޫތް މިނިސްޓްރީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.