
ފެނަކައިގެ އެމްޑީގެ މަޤާމުން ނިމާލު ވަކިކުރައްވާ ޝަރީފު ހަމަޖައްސައިފި
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރކަމުގެ މަޤާމުން މުޙައްމަދު ނިމާލް ވަކިކުރައްވާ، އެ މަޤާމަށް އަޙްމަދު ޝަރީފް ހަމަޖައްސަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ޝަރީފް މިހާތަނަށް ހުންނެވީ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރކަމުގެ މަޤާމުގައެވެ.
ނިމާލްއަކީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި އެންމެ ފުރަތަމަ ހުންނެވި ފަރާތެވެ.




