އުރީދޫ ބޮކި ބޯޅަ މުބާރާތް ފަށައިފި

އުރީދޫ ބޮކި ބޯޅަ މުބާރާތް ފަށައިފިއެވެ.

މި މުބާރާތް ފައްޓަވައިދެއްވީ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ އެވެ.

އިޝްތިހާރު Below Header ad

އުރީދޫ ބޮކި ބޯޅަ – ބަމްޕަރ ބޯލް ފުޓުބޯޅަ މުބާރާތުގައި ރާއްޖޭގެ މޮޅު ބައެއް ކޯޕަރޭޓް ޓީމުތައް ވާދަކުރެއެވެ.

މި އޭޕްރިލް މަހުގެ 7 ވަނަ ދުވަހު މި މުބާރާތް ފެށުނީ ކްރޮސްރޯޑްސް މޯލްޑިވްސް އިން ޓެކްކާސްއާ ދެކޮޅަށް ކުޅުނު މެޗުން ބަމްޕާ ބޯލްސްގައި އެ ޓީމުތަކުގެ ހުނަރު ދައްކައި 2-0 ކްރޮސްރޯޑްސް މޯލްޑިވްސް އިން މެޗް ކާމިޔާބުކޮށްގެންނެވެ. ދެވަނަ މެޗުގައި ބްރޮލާޒް (ރޭޖް ފިޓްނަސް) އާއި ޓްރީ ޓޮޕް ހޮސްޕިޓަލް އީއާރުސީ ބައްދަލުކޮށް 4-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކުރީ ރޭޖު ފިޓްނަސް އެވެ.

އިއްޔެގެ ފަހު މެޗުގައި ޝަވިޔަނި ޓީމާއި ޓެކާސް ބައްދަލުކުރި ވާދަވެރި މެޗު ނިމުނީ 1-0 ޓެކާސް މޮޅުވެގެން ނެވެ.

މުބާރާތުގެ ކޮންމެ މެޗެއް ވެސް 10 މިނެޓަށް ދެމިގެންދާއިރު، ތިން މިނެޓުގެ ބްރޭކަކާއެކު ދެ ހާފް ހިމެނޭނެ އެވެ. ގްރޫޕް ސްޓޭޖުގެ މެޗުތަކުގައި މޮޅުވެއްޖެނަމަ ތިން ޕޮއިންޓް އަދި އެއްވަރުވުމުން އެއް ޕޮއިންޓް ލިބޭނެ އެވެ.

ނޮކްއައުޓް ސްޓޭޖުގައި ދެ ޓީމެއް އެއްވަރުވެއްޖެ ނަމަ ޕެނަލްޓީ ޝޫޓްއައުޓް އޮންނާނެ އެވެ. މުބާރާތުން މޮޅުވާ ޓީމްތަކަށް ހާއްސަ އަގުހުރި އިނާމުތަކެއްވެސް ވަނީ އިންތިޒާމުކުރެވިފައެވެ.

އެއްވަނަ އަށް ދާ ޓީމަކަށް 20،000 ރުފިޔާ، ދެވަނަ އަށް ދާ ޓީމަށް 10،000 ރުފިޔާ އަދި ތިން ވަނަ އަށް ދާ ޓީމަށް 5،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

8 އޭޕްރިލް، ހޮނިހިރު ދުވަހުގެ ރޭގަނޑު 9 އެއް ޖަހާއިރު ގްރޫޕް ސްޓޭޖުގެ ބާކީ ހުރި މެޗުތަކަށް ފަހު ފައިނަލް މެޗުގައި ބައްދަލުކުރާނީ ކޮންމެ ގްރޫޕަކުން ވެސް އެއް ވަނަ ހޯދާ ޓީމުތަކެވެ.

އުރީދޫ ބޮކި ބޯޅަ މުބާރާތަކީ ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު ކަމަށްވާ ފުޓުބޯޅައަށް ތަފާތު އަދި މަޖާ ބަދަލުތަކެއް ގެނެސްގެން ކުޅޭ ބަމްޕަރ ފުޓްބޯޅައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.