މަނަދޫގައި 62 އަހަރުގެ އަންހެނެއް މަރުވެފައި އޮއްވާ ފެނިއްޖެ

ނ. މަނަދޫގައި 62 އަހަރުގެ އަންހެނެއް މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ އެއީ އެ ގޭގައި އެކަނި ދިރިއުޅެމުންދާ 62 އަހަރުގެ އަންހެނެއް ކަމަށެވެ.

އިޝްތިހާރު Below Header ad

އޭނާގެ ޚަބަރެއް ނުވެގެން، އޭނާގެ ޢާއިލާއިން މިއަދު އިރުއޮއްސި 6:13 އެހާކަންހާއިރު، ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

ފުލުހުން ބުނީ ރިޕޯޓު ކުރުމާއި އެކު އެ އަންހެން މީހާ ދިރިއުޅޭ ގޭގެ ކޮޓަރީގެ ދޮރުވައްޓާލައި، އެތެރެއަށްވަދެ ބެލި އިރު، އޭނާ އޮތީ ކޮޓަރީގެ ބިންމަތީގައި މަރުވެފައި ކަމަށެވެ.

މި ކަމާއިގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާ ހިނގާފައިވާއިރު، މަނަދޫ ޕޮލިސް ސްޓޭޝަނުން މިހާރުވަނީި އެރަށުން ފުރާ ފަރާތްތަކުންނާއި ރަށަށް އަންނަ ފަރާތްތަކުން ފުލުހުންނަށް އެންގުމަށް އެދިފައެވެ.

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން، ރަށުން ބޭރަށް އެއްވެސް މީހަކު ނުވަތަ އުޅަނދެއް ފުރާނަމަ، ފުލުހުންނަށް އަންގާފައި ނޫނީ ނުފުރުމަށް މަނަދޫ ޕޮލިސް ސްޓޭޝަނުން ވަނީ އަންގާފައެވެ. އަދި ރަށަށް އަންނަ ފަރާތްތަކުން ވެސް ފުލުހުންނަށް އެންގުމަށް ވަނީ އެދިފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.