ޢަރަބިއްޔާ ސްކޫލު ދަރިވަރުންގެ ދިފާޢުގައި މީސްމީޑިއާ ޙަރަކާތެއް ފަށަނީ!

ޢަރަބިއްޔާ ސްކޫލުގެ ދަރިވަރުންގެ ޙައްޤުތަކުގެ ދިފާޢުގައި މީސްމީޑިއާ ޙަރަކާތެއް، “މަގޭ ނަބިއްޔާ” ޙަރަކާތުގެ ފަރާތުން އިޢުލާން ކޮށްފިއެވެ. މިގޮތުން މަގޭ ނަބިއްޔާ ފޭސްބުކް ޕޭޖާއި ޓްވިޓަރ ގައި ކޮށްފައިވާ އިޢުލާނުގައި ވަނީ، އެޑިއުކޭޝަން މިނިސްޓްރީން ޢަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންގެ އާދޭހަށް ބީރު ކަންފަތެއްދީ، ޢަރަބިއްޔާގެ ޕްރިންސިޕަލް ބަދަލުކޮށް، އެސުކޫލަށް ގެންނަމުންދާ ދީނާ ޚިލާފު ހަރުކަށި ބަދަލުތަކުގެ ތެރޭގައި، ދަރިވަރުން މޫނުބުރުގާ އަޅައިގެން ސްކޫލަށް ހާޒިރުވާތީވެ އެކިދިން ކިޔެވުމުގެ އަސާސީ ޙައްޤަށް ދަނީ ހުރަސް އަޅަމުންކަމުގައެވެ.

އަދި ހަމަ އެއާއިއެކު، ދީނީ ޝިޢާރަކަށް ވީތީވެ، މޫނުބުރުގާ އާމެދު ނަފްރަތު ފާޅުކޮށް، އެކި ގިންތީގައި، ޢަރަބިއްޔާގެ ކުދިންނަށް، ޢަރަބިއްޔާގެ މެނޭޖްމަންޓުގެ ފަރާތުން ފުރައްސާރަ ކުރަމުން ދާކަމަށްވެސް މިޢިއުލާނުގައި ވަނީ ފާހަގަކޮށްފައެވެ. އަދި މީގެ ސަބަބުން ދަރިވަރުންނަށް ތަފާތު ނަފްސާނީ އަނިޔާތައްވެސްލިބެމުން އަންނަ ކަމުގައި ބުނެފައިވެއެވެ.

އިޝްތިހާރު Below Header ad

ދީނީ ޝިޢާރުތަކަށް ފައިން އަރާ ފޮހެލަމުންދާ މިދަނޑިވަޅުގައި، ސަރުކާރުގެ މިފަދަ ދީނާއި އިދިކޮޅު ސިޔާސަތު ތަކަށް އިންކާރުކޮށް އަދި ޢަރަބިއްޔާ ސްކޫލުގެ ދަރިވަރުންގެ ޙައްޤުތައް ކަށަވަރުކުރުމަށް އަޑުއުފުލުމަށް ބޭއްވޭ ސޯޝަލް މީޑިއާ ހަރަކާތުގައި ހުރިހާ ބޭފުޅުން ބައިވެރިވުމަށް “މަގޭ ނަބިއްޔާ” ޙަރަކާތުން ގޮވާލާފައި ވެއެވެ.

މިގޮތުން މިޙަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ، މިރޭ (7 އޭޕްރީލް 2023) 21:00 އިން 2:00 އާއި ހަމައަށެވެ. މިޙަރަކާތުގައި ޝިޢާރު ފާޅުކޮށް ބައިވެރިވާ ފަރާތްތަކުން MyNiqabMyRight#
SaveArabiyya#  މި ހޭޝްޓްގުތައް ބޭނުންކުރުމަށް ވަނީ ހަމަޖައްސާފައެވެ.

ޢަރބިއްޔާ ސްކޫލުގެ ދަރިވަރުން މޫނުބުރުގާ އަޅައިގެން ދިއުން މަނާކުރުމާއި ގުޅިގެން، ޢަރަބިއްޔާގެ ބެލެނިވެރިން ވަނީ ކޯޓަށް ދިއުމަށްވެސް ނިންމާފައެވެ.

 

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.