ކ. ހުރާގައި ތުއްތު ކުއްޖަކު ޕިކަޕެއްގެ ދަށުވެ ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

ކ. ހުރާގައި ތުއްތު ކުއްޖަކު ޕިކަޕެއްގެ ދަށުވެ ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.

މި އެކްސިޑެންޓާ ބެހޭގޮތުން ވާހަކަ ދައްކަމުން ހުރާ ކައުންސިލުގެ ރައީސް ވިދާޅުވީ ކުޑަކުއްޖަކު ޕިކަޕެއްގެ ދަށިވެ ހިގި މި ހިތާވެރި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 5:30 ހާއިރު ކަމަށެވެ.

އިޝްތިހާރު Below Header ad

އަދި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނީ ތިން އަހަރުގެ ތުއްތު ކުއްޖަކަށް ކަމަށާއި އަދި ހާދިސާގައި އެކުއްޖާގެ ލިވާ ފަޅައިގެން ގޮސް ސީރިއަސް ޒަހަމްތަކެއް ވެފައިވާ ކަމަށެވެ.

އެކުއްޖާ މިހާރު ވަނީ މާލެ ގެނެސް އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދޭން ފަށާފައެވެ.

މިކަމާ ގުޅިގެން އެޓޯލްނިއުސްގެ ފަރާތުން ކުރި ސުވާލަކަށް ޖަވާބު ދެމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިސަރު އަހުމަދު މައުސޫމް ވިދާޅުވީ ހުރާގައި ހިނގި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ތިން އަހަރުގެ ކުއްޖަކު އއ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށާއި އެކުއްޖާ ގެނައީ 7:15 ހާކަންހާއިރުގައި ކަމަށެވެ.

މައުސޫމް ވިދާޅުވީ އޭނާ ހޮސްޕިޓަލަށް ގެނެސް އޮޕަރޭޝަން ތިއޭޓަރަށް ވައްދާފައިވާކަމަށާއި އެކުއްޖާގެ ހާލު ސީރިއަސް ކަމަށް ބެލެވޭ ކަމަށެވެ.

މައުސޫމް ވިދާޅުވީ އެކުއްޖާގެ އޮޕްރޭޝަނާއި އަދި ހާލަތާއިގުޅިގެން އެއްޗެއް ދަންނަވަން އިނގޭނީ ތިއޭޓަރުން ނެރުނީމަ ކަމަށާއި އޭރުން އިތުރު ތަފްސީލް އެނގިގެން ދާނެކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.