ހުރާގައި ފޯރިގަދަ ވޮލީ މުބާރާތެއް ފަށައިފި

މާލެ އަތޮޅު ހުރާގައި އެމް.އޭ.ކަޕް 1444 ގެ ނަމުގައި ފޯރިގަދަ ވޮލީ މުބާރާތެއް ފަށައިފިއެވެ.

މިއީ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މަޢުސޫމް އަބުދުލްޣަފޫރު (މާސޭ) އާއި ހުރާގައި ގިނަ ކުޅިވަރުތަކެއް އިންތިޒާމް ކުރައްވާ ފަރާތެއްކަމުގައިވާ އަޙުމަދު އަޔާޒުގެ އިސްނެގުމަކަށް ބާއްވާ މުބާރާތެކެވެ.

އިޝްތިހާރު Below Header ad

މި އަހަރަކީ މި މުބާރާ ބާއްވާ ހަތަރު ވަނަ ފަހަރެވެ.

މިއަހަރުގެ މިބާރާތުގައި ޖުމްލަ 9 ޓީމު ވާދަކުރާއިރު، އޭގެ ތެރޭގައި ހުރާގެ ޓީމުތަކުގެ އިތުރުން ތުލުސްދޫ، ހިންމަފުށިން ވެސް ވަނީ ބައިވެރިވެފައެވެ.

އެގޮތުން ހުރާއިން ފިރިހެން ތިން ޓީމާއި އަންހެން ދެޓީމު ވާދަ ކުރާއިރު، ތުލުސްދޫ އަދި ހިންމަފުށިން އަންހެން އަދި ފިރިހެން ޓީމެއް ވަނީ ބައިވެރިވެފައެވެ.

އެހެން އަހަރުތަކާއި ހިލާފަށް މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިންނާއި، އަވައްޓެރި ސްރީލަންކާގެ ގައުމީ ޓީމުގެ މަޝްހޫރު ކުޅުންތެރިން ހިމަނާފައި ވެއެވެ.

ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިންގެ ތެރޭގައި ހަސަން ނިލާމް (ޕަޓޭ)، ހުސެން ވިސާމް (ބުޅިކެ)، ހުސެއިން ޔޫސުފް (ޓޯއީ) ހިމެނެއެވެ. އަދި ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިއެއް ކަމުގައިވާ އާދަމް ފާޒިލް އާއި މަޝްހޫރު ބީޗް ވޮލީ ކުޅުންތެރިޔާ މުޙައްމަދު ޢަލީ (ޑެންޒޯ) އާއި އިންޓަރ ރިސޯޓް ވޮލީ ބޯޅައިން ވިދާލި އަބްދުﷲ ހަސަން (ޔަންމާ) ވެސް ހިމެނެއެވެ.

މި މުބާރާތުގައި ވާދަކުރާ އަންހެން ޓީމުތަކުގައި ވެސް ވަނީ ދިވެހި ގައުމީ ވޮލީ ޓީމުގެ ކުޅުންތެރިން ހިމަނާފައެވެ. އެގޮތުން އަންހެން ގައުމީ ޓީމުގެ ކެޕްޓަން ޙައްވާ ރާޝިދާ އާއި މާޖިދާ އަދި ޝަހާ ޝާމިން އާއި ޖޫޒާން ޒަރީރު ހިމެނެއެވެ.

ހުއްރިއްޔާ ސްޕޯޓްސް ކުލަބުގެ ވޮލީ ކޯޓުގައި ރޭ ފެށި މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ޓީމު ތިރީ ޑީ އާއި ޓީމް މަންފާ އެވެ.

ގައުމީ ޓީމުގެ މަޝްހޫރު ތިން ކުޅުންތެރިން ކަމަށްވާ ޕާޓޭ، ބުޅިކެ އަދި ޓޯއީ ހިމޭނޭ ތިރީޑީ އިން ފުރަތަމަ ދެ ސެޓް ފަސޭހަކަމާއެކު ގެންގޮސްފައި ވަނިކޮން ފަހަތުން އަރާ ފަހު ތިން ސެޓް ކާމިޔާބުކޮށް ރޭގެ މެޗް ކާމިޔާބު ކުރީ މަޝްހޫރު ބީޗް ވޮލީ ކުޅުންތެރިޔާ ޑެންޒޯ ހިމެނޭ ޓީމް މަންފާއެވެ.

Huraa volley 1

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ލަންކާގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ ޓީމް މަންފާގެ ޖާރޒީ ނަންބަރ ހަތަރެއް މަހޭޝް އެވެ.

މި މުބާރާތުގައި މިރޭ ބައްދަލު ކުރާނީ ޓީމް ތަންޑަރ ބޯލްޓް (ހުރާ) އަދި ޓީމް ހިންމަފުއްޓެވެ. މިމެޗު ފެށޭނީ މިރޭ 09:30 ގައެވެ.

Huraa volley 5

މިމެޗު އެމް.އޭ.ކަޕް ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.

ފާއިތުވެދިޔަ ތިން މުބާރާތުގެ ޗެންޕިއަންކަން ހޯދާފައިވާ “ޓީމް ބެލެއްސިމޯ” މިފަހަރު މުބާރާތުގައި ބައިވެރިވެފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.