ނަބީޙުގެ ހުވަފެން ޙަޤީޤަތަކަށް.. މަދަޙަ ސީޑީ ނެރެފި..

ޢުމުރުން 14 އަހަރުގެ އަޙްމަދު ނަބީޙަކީ އޯޓިޒަމް ނުވަތަ ނުކުޅެދޭކަމެއް ހުރި ކުއްޖެއް ނަމަވެސް އެހެންކުދިންނަށް ނަމޫނާ ކުއްޖެކެވެ. ހިވަފެންތަކެއްވެސް ދެކެމުން އަންނަ ކުއްޖެކެވެ.

އޭގެތެރެއިން އެއްހުވަފެނަކީ މަދަޙަ ސީޑީއެއް ނެރުމެވެ. ނަބީޙު މިވަނީ އެ ހުވަފެން ޙަޤީޤަތަކަށް ހަދާފައެވެ. ” އަހަރެންގެ ދަތުރު ” ގެ ނަމުގައި މަދަޙަ ސީޑީއެއް ނެރެފައެވެ.

އިޝްތިހާރު Below Header ad

އޯޓިޒަމް ކުދިންނަކީ ނުވަތަ ޚާއްޞައެހީއަށް ބޭނުންވާ ކުދިންވެސް ހިތްވަރާއެކު މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ ކަމުގައި ދައްކާފައެވެ. ނަބީޙު އަމިއްލައަށް ކިޔާފައިވާ 6 މަދަޙަ ހިމެނޭ މި ސީޑި ނެރެދެއްވީ ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ފޮރިން މިނިސްޓަރ ދުންޔާ މައުމޫނެވެ.

މި މަދަޙަ ސީޑީ އާބެހޭގޮތުން ނަބީޙުގެ މަންމަ އަމިނަތު މުހައްމަދު ބުނީ މިއީ މުޖުތަމަޢު ހޭލުންތެރިކޮށް ޚާއްޞައެހީއަށް ބޭނުންވާ ކުދިންވެސް ގޭގައި ނުތިބެ، ޢާންމުންގެ ތެރެއަށް ނުކުތުމަށް ހިތްވަރު ދިނުމުގެ ގޮތުން ނެރުނު ސީޑީއެއް ކަމަށެވެ. އަދި އެ ކުދިންނަކީވެސް މުޖުތަމަޢަ ބޭނުންހިފޭ ދަރިންތަކެއްކަން ދެއްކުން ކަމަށެވެ.

މި މަދަޙަ އަލްބަމް ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދެމުން އަންނަ ސްކޫލުތަކަށާއި އާންމުންނަށް ހިލޭ ބެހުމަށް ނިންމާފައިވާ އިރު، ކުރިއަށް އޮތް ތަނުގައި ޤާރުއާން ސީޑީއެއް ނެރުމަށްވެސް ވަނީ ނިންމާފައެވެ.

ނަބީޙުގެ މި ހުވަފެން ޙަޤީޤަތަކަށް ހަދައިދިނުމުގައި އެންމެ ބޮޑު އެހީތެރިކަމެއްވެދީފައިވަނީ ޑރ. ފަރުޒާނާގެ ޢާއިލާ އާއި މޯލްޑިވިއަން އައިޑޮލްގެ ސީޒަން އެކެއްގެ ދެ ވަނަ މަޤާމް ހޯދި ޝަލަބީ އިބްރާހިމެވެ.

އިމާދުއްދީން ސްކޫލުގެ ޚާއްޞަ އެހީއަށް ބޭނުންވާ ކްލާހުގައި ކިޔަވަމުން އަންނަ ނަބީޙު ވަނީ ޤައުމީ ޤުރުއާން މުބާރާތްތަކާއި މަދަޙަ މުބާރާތްތަކުގައި ބައިވެރިވި ރަންވަނަތަކެއް ހޯދާފައެވެ. އަދި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ ޤުރުއާން މުބާރާތުގެ އެއްވަނަވެސް  ހޯދާފައެވެ.

ޤުރުއާން ހިތުދަސްކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ނަބީޙު މިހާރުވަނީ ޤުރުއާނުގެ ބޮޑުބައެއް ހިތުދަސްކޮށްފައެވެ. ނަބީޙުގެ މައިންބަފައިންގެ ހުވަފެނަކީ ނަބީޙު ޙާފިޟަކަށް ހެދުމެވެ.

އެކަންވެސް ނުވާންނީ ސަބަބެއް ނެތް އެހެންނޫންތޯއެވެ؟ ހަމަޔަޤީނުންވެސް އެކަން ނަބީޙު މިވަނީ ކަށަވަރުކޮށްދީފައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.