ދިރާގާއި މަމްސް އެއިޑް ގުޅިގެން މި ރަމަޟާން މަހު 100 އާއިލާއަށް އެހީވަނީ!

ދިރާގާއި މަމްސް އެއިޑް ގުޅިގެން އެ ޖަމިއްޔާގެ ‘ރަމަޟާން އެއިޑް’ ކެމްޕެއިންގެ ދަށުން، މި އަހަރުގެ ރަމަޟާން މަހު އެހީ ބޭނުންވެފައިވާ 100 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.

މަމްސް އެއިޑަކީ އަންހެނުން، ޚާއްސަކޮށް މަންމައިން، ބާރުވެރިކުރުވައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްސަދުގައި އުފެދިފައިވާ  ޖަމިއްޔާއެކެވެ. ‘ރަމަޟާން އެއިޑް’ އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީއަށް ބޭނުންވެފައިވާ  އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް  މަމްސް އެއިޑުގެ މުހިންމު ޕްރޮގްރާމެކެވެ.

އިޝްތިހާރު Navee1 jpg

ދިރާގުގެ މެނޭޖަރ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވީ އަންހެނުން ބާރުވެރިކުރުވައި އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ ސީ.އެސް.އާރު ޕްރޮގްރާމްގައި ޚާއްޞަ އަހަންމިއްޔަތުކަމެއް ދޭ ދާއިރާއެއް ކަމަށެވެ.

އިޝްތިހާރު

މިގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީތެރިކަން ބޭނުންވަފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަމްސް އެއިޑުން މި ކުރަމުންދާ އަގުހުރި މަސައްކަތުގެ އަގު ވަޒަންކޮށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

“މި ބަރަކާތްތެރި ރަމަޟާން މަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީތެރިކަން ބޭނުންވެފައިވާ ތިބި މައިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މަމްސް އެއިޑް އަށް އެއްބާރުލުންދީ މި މުހިންމު މަގުސަދުގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް.” އޭނާ ވިދާޅުވިއެވެ.

މަމްސް އެއިޑްގެ ޕްރޮގްރާމް ޑިރެކްޓަރ ފާތިމަތު އުމްރާ ވިދާޅުވީ ދިރާގުގެ އެހީތެރިކަމުގެ ސަބަބުން މި ބަރަކާތްތެރި ރަމަޟާން މަހަށް ބޭނުންވާ ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި ހިމެނޭ ކެއަރ ޕެކޭޖުތައް އެކަނިވެރި މައިންނާއި ޚާއްސަ އެހީއަށް ބޭނުންވާ މައިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންއަޅާލާ މައިންނަށް ފޯރުކޮށްދެވޭނެ ކަމަށެވެ.

“ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި ތިބި 100 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީ ‘ރަމަޟާން އެއިޑް’ ކެމްޕެއިނަށް ދިރާގުން ވެދިން ދީލަތި އެހީތެރިކަމަށް ޝުކުރު އަދާކުރަން.” އޭނާ ވިދާޅުވިއެވެ.

‘ރަމަޟާން އެއިޑް’ ކެމްޕެއިނަކީ ރާއްޖޭގެ އެހީތެރިކަން ބޭނުންވެފައިވާ އާއިލާތަކަށް ސަޕޯޓްކުރުމުގެ ގޮތުން މަމްސް އެއިޑްއިން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ. ރަމަޟާން މަހު ކުރިއަށްގެންދާ މި ކެމްޕެއިނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ  ފުރުޞަތު ވަނީ އާންމުންނަށްވެސް ހުޅުވާލެވިފައެވެ.

ދިރާގުން ދަނީ އަންހެނުން ބާރުވެރިކުރުމަށާއިމުޖުތަމައުއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތަފާތު ޕްރޮގްރާމްތަކަށް އެއްބާރުލުން ދެމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.