ޚަބަރު ފީތާ

ފައިނޭންސް ދާއިރާގެ ތަޖުރިބާކާރެއް އެމްއެންޕީ އާ ގުޅިއްޖެ

ރާއްޖޭގެ ފައިނޭންސް ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ފިޏޭންސް މިނިސްޓްރީގެ ކުރީގެ ފައިނޭންސް ކޮންޓްރޯލަރ މުޙައްމަދު އަޙްމަދު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމް.އެން.ޕީ.) އަށް ސޮއިކުރައްވައިފިއެވެ.

އޭނާ އެމް.އެން.ޕީ. އަށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ޕާޓީގެ މެންބަރޝިޕް ފޯމު، އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމަށް ވަނީ ހަވާލު ކުރައްވާފައެވެ.

މުޙައްމަދު އަޙްމަދަކީ ވިޔަފާރީގެ ދާއިރާއިން މަތީ ތަޢުލީމް ޙާޞިލްކުރައްވައި، ސަރުކާރުގައި އަދި އެކި ކުންފުނިތަކުގައި ވިޔަފާރިއާއި މާލީ ދާއިރާތަކުގެ އެކި މަޤާމުތަކުގައި މަސައްކަތްކުރައްވައި ދިގު މުއްދަތުގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ.

މުޙައްމަދު އަޙްމަދު ބެޗެލާސް ޑިގްރީ ޙާޞިލްކުރެއްވީ އެމެރިކަން ޔުނިވާސިޓީ އޮފް ބޭރޫތު (އޭ.ޔޫ.ބީ) އިންނެވެ. އަދި މާސްޓާސް ޑިގްރީ ޙާޞިލްކުރެއްވީ އިނގިރޭސި ވިލާތުންނެވެ.

ރާއްޖޭގެ ނަން ހިނގާ ބައެއް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަން ކުރެއްވުމުގެ އިތުރުން، އެކި އެކި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަންވެސް ކުރައްވާފައިވެއެވެ.

އެގޮތުން ބީއެމްއެލް، އިސްލާމިކް ބޭންކު، އެމްޓީސީސީ، އެސްޓީއޯ އަދި މިފްކޯ ހިމެނެއެވެ.

މީގެ އިތުރުން އައި.ޑީ.ބީ.، ސާކް ޑިވެލޮޕްމެންޓް ފަންޑް، ފަދަ ސަރަޙައްދީ މާލީ އިދާރާތަކުގައި މަސައްކަތް ކުރައްވައި ތަޖުރިބާ ހޯއްދަވާފައި ވެއެވެ.

މުޙައްމަދު އަޙްމަދު އެމްއެންޕީގައި މަސައްކަތް ކުރައްވުމަށް ހަމަޖެހިފައިވަނީ ޕާޓީގެ ރައީސް މުހައްމަދު ނާޒިމްގެ ފައިނާންސް އެޑްވައިޒަރެއްގެ ގޮތުގައެވެ.

Rate this post

މިލިޔުމަށް ޚިޔާލު ފޮނުވާ "ފައިނޭންސް ދާއިރާގެ ތަޖުރިބާކާރެއް އެމްއެންޕީ އާ ގުޅިއްޖެ"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.