ޚަބަރު ފީތާ

ރަމަޟާން މަހު ސަރުކާރު އޮފީސްތަކުގައި މަސައްކަތްކުރާނީ 4 ގަޑިއިރު

މި އަހަރުގެ ރަމަޟާން މަހު ސަރުކާރު އޮފީސްތަކުގައި މަސައްކަތްކުރާނީ 4 ގަޑިއިރުގައި ކަމަށް ރައީސް އޮފީހުން ހާމަކުރައްވައިފިއެވެ.

އެ އޮފީހުން ވިދާޅުވީ މިދިޔަ އަހަރެކޭ ވެސް އެއްގޮތަށް މިއަހަރުގެ ވެސް ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9 އިން މެންދުރުފަހު 1 އަށް ކަމަށެވެ.

ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހު ސަރުކާރާއި އަމިއްލަ ވިޔަފާރިތަކުން މަސައްކަތު ވަގުތަށް ބަދަލު ގެންނައިރު، ގިނަ ތަންތަނުގައި މަސައްކަތްކުރަން ޖެހޒެ ވަގުތު އެހެން މަސްމަހާއި އަޅާބަލާއިރު މަދުކުރެއެވެ.

ކަލަންޑަރުގައިވާ ގޮތުން، ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މި މަހުގެ 23 ވަނަ ދުވަހެވެ.

Rate this post

މިލިޔުމަށް ޚިޔާލު ފޮނުވާ "ރަމަޟާން މަހު ސަރުކާރު އޮފީސްތަކުގައި މަސައްކަތްކުރާނީ 4 ގަޑިއިރު"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.