މިމަހުގެ 9ގެ ކުރިން ކެފޭ ހުޅުވަންޖެހޭ.. އެހެންނޫނީ ހުޅުމާލޭ ރެޑްވޭވް ފިހާރަ އަތުލަނީ..

ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުނި ރެޑްވޭވް އިން ހުޅުމާލޭގައި ހުޅުވާފައިވާ ފިހާރައާއެކު ހުޅުވަން ނިންމާފައިވާ ކެފޭ މި މަހުގެ 9 ވަނަ ދުވަހުގެ ކުރިން ނުހުޅުވައިފި ނަމަ ސްޕަރމާޓް އަތުލާނެކަމަށް އެޗްޑީސީން އެ ކުންފުންޏަށް އަންގައިފިއެވެ.

ރެޑްވޭވް ކުންފުނީގެ ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ މި އަހަރުގެ ކުރީކޮޅު ހުޅުވި ސުޕަރމާޓް އަތުލާނެ ކަމުގެ އިންޒާރު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ދީފައިވާ ކަމަށެވެ.

އިޝްތިހާރު Below Header ad

އަދި އެ ކުންފުނިން ހުޅުމާލޭގައި ހެދި ފިހާރަ އާއި ގުދަން އަތުލުމަށް ނޯޓިސް ފޮނުވާފައިވާ ކަމަށާއި ސަބަބެއް ކަމަށް ބުނެފައިވަނީ ފިހާރަ އާއެކު ހުޅުވަން ނިންމާފައިވާ ކެފޭ އަދިވެސް ނުހުޅުވާ ހުރުން ކަމަށެވެ. މީގެ އިތުރުން މި މަހުގެ 9 ވަނަ ދުވަހުގެ ކުރިން ކެފޭ ނުހުޅުވައިފި ނަމަ، ސްޕަރމާޓް އަތުލާނެ ކަމަށް އެ ނޯޓިސްގައި ބުނެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

50 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހުޅުމާލޭގައި ހެދި އެ ސްޕަރމާޓުގެ އެގްރިމަންޓް ބުނާ ގޮތުން ކެފޭ ހުޅުވަން ޖެހެނީ އަންނަ މަހުގެ 12 ވަނަ ދުވަހުގެ ކުރިން ކަމަށާއި އެހެންނަމަވެސް އެދުވަހަށް ކެފޭ އެ ހުޅުވަން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

މީގެ އިތުރުން ސަލީމް ވިދާޅުވީ ފިހާރަ ހުންނަ ބިލްޑިންގގައި ހުޅުވަން ޖެހޭ ކެފޭގެ ހުރިހާ ކަމެއް މިހާރު ނިމިފައިވާ ކަމަށާއި އެތަނުގެ ހުއްދަތައް ހޯދަން އަންނަ ހަފުތާގައި ހުށަހަޅާނެ ކަމަށެވެ. އަދި ފިހާރައިގެ ބޭނުމަށް ދިން ގުދަނަކީ ވަކި އެގްރިމަންޓެއްގެ ދަށުން ދިން ތަނެއް ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

15 އަހަރަށް ކުއްޔަށް ހިފައިގެން ހިންގާ ފިހާރައިގެ ފުރަތަމަ 5 އަހަރު ކުލީގެ ގޮތުގައި 230،000ރ. ކޮންމެ މަހަކުވެސް ދައްކަން ޖެހޭ އިރު، ބަރާބަރަށް ކުލި ދައްކަމުން އަންނަ ކަމަށާއި ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނުދައްކާ ނޯންނާނެ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އެޗްޑީސީގެ ބަހެއް ލިބޭ ގޮތެއްވަނީ އަދިނުވެފައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.