އެންމެ މަތީ ފަންތީގެ ސިއްޙީ ޚިދުމަތްތައް ރާއްޖޭން ލިބެން އެބަހުރި: އަފްޢާލް

އެންމެ މަތީ ފަންތީގެ ސިއްޙީ ޚިދުމަތް ރާއްޖެއިން ލިބެން އެބަހުރި ކަމަށް އޭޑީކޭ ހޮސްޕިޓަލުގް މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އަފްޢާލް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރާއްޖޭން ލިބެން ހުރި ސިއްހީ ޚިދުމަތްތައް ދައްކާލަން ބާއްވާ ފުރަތަމަ ފެއާރގެ މައި ސްޕޮންސަރަކަށް އޭޑީކޭ ހޮސްޕިޓަލް ހަމަޖައްސުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް އޭޑިކޭ ހޮސްޕިޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އިޝްތިހާރު Below Header ad

އަފްޢާލް ވިދާޅުވީ ރާއްޖޭން ބޭރަށް ފަރުވާ ހޯދުމަށް މިހާރު ދާންޖެހެނީ ވަރަށް މަދު ފަރުވާއެއް ހޯދުމަށް ކަމަށާއި އެކަން އެހެންދިމާވަނީ ރާއްޖޭން ލިބޭ ޚިދުމަތްތަކުގެ ފުރިހަމަ މަޢުލޫމާތު ދެވިފައި ނެތުމުގެ ސަބަބުން ކަމަށެވެ.

” ބޭސްފަރުވާ ހޯދަން ކޮންމެ ފަހަރަކު ރާއްޖޭން ބޭރަށް ދާންޖެހޭކަން ޢާންމުންނަށް ހީވެފައި މި އޮންނަނީ ރާއްޖޭން ލިބޭ ޚިދުމަތްތަކުގެ އެންމެ ފުރިހަމަ މަޢުލޫމާތު ޢާންމުންނަށް ދެވިފައި ނެތުމުން ” އަފްޢާލް ވިދާޅުވިއެވެ.

މީގެ އިތުރުން އަފްޢާލް ވިދާޅުވީ “މިއީ ރާއްޖޭގެ ސިއްހީ ނިޒާމް އެގޮތަށް ކުރިއަރާފައި އޮތުމާ އެކު ޢާންމުންނާ ގާތުން މި ޚިދުމަތް ހޯދަން ޢމަލުކުރަންވީ ގޮތްތަކާއި ލިބެން ހުރި އޚިދުމަތްތަކާއި ޚިދުމަތުގެ ފެންވަރު ޢާންމުންނަށް އެންމެ އެދެވޭ ގޮތުގައި ފޯރުކޮށް ނުދެވޭ ” ކަމަށެވެ.

އަދި މި ފެއާރގެ ސަބަބުން އެ ކަމަށް ހޭލުންތެރިވުމަށް ވަރަށް ބޮޑު ފުރުޞަތެއް ލިބިގެންދާނެ ކަމެއް ކަމުގައި ޤަބޫލުކުރައްވާ ކަމަށްވެސް އަފްޢާލް ވިދާޅުވިއެވެ.

ސިއްހީ ފެއާރގެ މައި ސްޕޮންސަރ އެއްބަސްވުމުގައި އޭޑީކޭގެ ފަރާތުން ސޮއި ކުރެއްވީ އެމްޑީ އަޙްމަދު އަފްޢާލް އެވެ. ފެއާރ ބާއްވާ އެމްވީ މެޑިކަލްސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މާކެޓިންގ އެންޑް ޕީއާރު މެނޭޖަރު އަބްދުލް ޖަލީލް ހުސެން އެވެ.

އަންނަ ނޮވެމްބަރ މަހުގެ 24ން 26އަށް އާޓް ގެލަރީގައި ބޭއްވުމަށް ތާވަލު ކޮށްފައިވާ މޯލްޑިވްސް މެޑިކަލް އެންޑް ހެލްތު އެކްސްޕޯރގެ ކޯ ސްޕޮންސަރ އަކަށް ހަމަޖައްސާފައިވަނީ ބޭހާއި ސިއްހީ އާލާތްތައް އެތެރެކުރާ އޭޑީކޭގެ ކުންފުނި ކަމަށް ވާ އޭޑީކޭ ފާމަސޫޓިކަލްސް އެވެ.

މި ފެއާރއަކީ އަވަށްޓެރި ޤައުމުތަކުން ސިއްހީ ޚިދުމަތް ހޯދަން އެހީތެރިކަން ފޯރުކޮށްދޭ އަމިއްލަ ކުންފުންޏެއް ކަމަށްވާ އެމްވީ މެޑިކަލްސް އާއި މެޑްލައިފް އޭޝިއާ ގުޅިގެންރާއްޖޭން ލިބެން ހުރި ސިއްހީ ޚިދުމަތްތަކާއި ބޭރުގެ ބައެއް ޤައުމުތަކުން ލިބޭ ފަރުވާތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ބާއްވާ ފެއާރއެކެވެ. އަދި ރާއްޖޭގައި މެޑިކަލް ޓޫރިޒަމް ތަރައްޤީ ކުރުމަކީވެސް މި ފެއާރގެ މަޤުޞަދެކެވެ.

މި ފެއާރގައި ހިމެނޭ 21 ސްޓޯލްގެ ތެރޭގައި އިންޑިއާ އާއި ލަންކާގެ ހޮސްޕިޓަލްތަކާއި މެލޭޝިއާ އަދި ސިންގަޕޫރުގެ ފަރާތްތައްވެސް ބައިވެރިވުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެމްވީ މެޑިކަލްސް އިން ބުނެއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.