މެގަ މޯލްޑިވްސް އިން ސްރީލަންކާއަށް ދަތުރުތައް ފަށައިފި

މެގަ މޯލްޑިވްސްއިން ސްރީލަންކާގެ ކޮލޮމްބޯއަށް ކުރާ ޝެޑިއުލްޑް ދަތުރުތައް ފަށައިފިއެވެ.

ރާއްޖޭގެ އަމިއްލަ ބައިނަލްއަގުވާމީ އެއަރލައިންގެ ފުރަތަމަ ދަތުރު ފުރިހަމަކޮށްފައިވަނ މިއަދުއެވެ. އެގޮތުން މާލެއިން ކޮލޮމްބޯއަށް 272 ފަސިންޖަރުންޏާއެކު ދަތުރު ކުރުމަށްފަހު، އެ ފްލައިޓު ކޮލޮމްބޯއިން އެނބުރި މާލެއަށް މިއަދު އައިސްފައިވަނީ 176 ފަސިންޖަރުންނާ އެކުގައެވެ.

އިޝްތިހާރު Below Header ad

ކޮލޮމްބޯއަކީ މެގަ މޯލްޑިވްސްއިން މިއަހަރު ދަތުރުތައް ފަށާފައިވާ، މުޅިން އާ މަންޒިލަކަށް ވާއިރު، އެ އެއަރލައިނުން ކޮންމެ ހަފްތާއެއްގެ ހޯމަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު ކޮލޮމްބޯއާ މާލެއާ ދެމެދު ދަތުރުކުރާނެއެވެ.

ކޮލޮމްބޯއަށް ދަތުރުތައް ފަށާނެކަމަށް އެ އެއަރލައިނުން އިޢުލާން ކޮށްފައިވަނީ މީގެ ދެމަހެއްހާދުވަސް ކުރިންނެވެ.

މި މަހުގެ ތެރޭގައި އިންޑިއާގެ ނިއުދިއްލީއަށް ވެސް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނަ އިރު، އިންޑިއާގެ މުމްބާއީ އާއި މެލޭޝިއާގެ ކުއާލަ ލަމްޕޫރާއި ސައުދީ އަރަބިއްޔާގެ ޖިއްދާ އާއި މަދީނާއަށް ސީޒަނަލް ފްލައިޓުތައް ބޭއްވުމުގެ މަސައްކަތްވެސް އެ އެއަރލައިނުން އަންނަނީ ކުރަމުންނެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.