މިސްރުގައި ބޭއްވި ޤުރްއާން މުބާރާތަކުން ދެވަނަ ހޯދި ޝާޔާއަށް އިސްލާމިކް މިނިސްޓަރ މަރުހަބާ ދަންނަވައިފި

މިސްރުގައި ބޭއްވި ޤުރްއާން މުބާރާތަކުން ދެވަނަ ހޯދި މއ. އަސާސް، ފާތިމަތު ޝާޔާ ޒާހިރުއަށް، އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޒާހިރު އަލީ މަރުހަބާ ދަންނަވައިފިއެވެ.

ޝާޔާ ދެވަނަ ހޯދާފައިވަނީ ކީރިތި ޤުރްއާން ކިޔެވުމުގެ 29 ވަނަ “އިންޓަރނޭޝަނަލް ކޮންޓެސްޓް ފޯ ރިސައިޓަރސް އޮފް ދަ ހޮލީ ޤުރްއާން، އިޖިޕްޓް” ބައިވެރިވެ، ނުބަލާ ކިޔެވުމުގެ ބައިންނެވެ.

އިޝްތިހާރު Below Header ad

99.45 މާކްސްއާއެކު ޝާޔާ މި މުބާރާތުގެ ދެވަނަ ހޯދިއިރު، އެއްވަނަ ހޯދީ 99.90 މާކްސްއާއެކު ގާނާގެ ކޮށްދިން އަބްދުލް ސަމަދް އާދަމްއެވެ.

ޝާޔާ ހޯދި ކާމިޔާބީގެ އިނާމަކަށް 150،000 އިޖިޕްޓް ޕައުންޑްގެ މާލީ އިނާމެއް ދެވޭނެކަމަށް މިސްރުގެ އައުގާފް މިނިސްޓްރީން ވަނީ ބުނެފައެވެ.

މުޅި ޤުރްއާން ފޮތް އެއްކޮށް ހިތުދަސްކޮށްގެން ރައީސުލްޖުމްހޫރިއްޔާގެ މެޑަލް 2019 ވަނަ އަހަރު ހާސިލުކޮށްފައިވާ ޝާޔާ އަކީ އެއަހަރު ހާފިޒު ކަމުގެ ސަނަދު ލިބިގެންދިޔަ ފަރާތްތަކުގެ ތެރެއިން އެންމެ އުމުރުން ހަގު ފަރާތް ވެސް މެއެވެ.

އޭނާ ކީރިތި ޤްރުއާން ހިތުދަސްކުރީ އުމުރުން އެންމެ ނުވަ އަހަރުގައެވެ.

މީގެ އިތުރުން “ކީރިތި ގުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ގައުމީ މުބާރާތް 2020” ގައި ޝާޔާ ވަނީ 13 އަހަރުންދަށުގެ އަންހެން ބައިވެރިންގެ ތެރެއިން ހަދަރުކޮށް ކިޔެވުމުގެ ބައިން 1 ވަނަ ހާސިލްކޮށްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.