ނަޞްރުގެ ދުވަހުގެ މުނާސަބާގައި ބާއްވާ ވިކްޓްރީ ރަން މާދަމާ..

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބާގައި ބާއްވާ ވިކްޓްރީ ރަން މާދަމާ ހެނދުނު އޮންނާނެކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެ އިދާރާއިން ބުނީ މި ރަން ފަށާނީ މާދަމާ ހެނދުނު 06:00 ގައި ކަޅުތުއްކަލާކޮށިން ކަމަށާއި މި ދުވުން ކުރިއަށްދާނީ ކަޅުތުއްކަލާކޮށިން ނިކުމެގެން އުތުރަށްގޮސް އަމީނީމަގުން ހުޅަނގަށް ކަމަށެވެ. އަދި ބޮޑުތަކުރުފާނުމަގުން އުތުރަށްގޮސް، މަޖީދީމަގުން އިރަށްގޮސް ކަނބާ އައިސާރަނި ހިނގުމުން އުތުރަށްގޮސް ބޮޑުތަކުރުފާނުމަގުން އިރަށްގޮސް މާލެ ވަށައި ދުވުމަށްފަހު މިދުވުން ނިންމާނީ އަމީނީމަގުން ހުޅަނގަށް އައިސް ކަޅުތުއްކަލާކޮށްޓަށް ކަމަށެވެ.

އިޝްތިހާރު Below Header ad

“ވިކްޓްރީ ރަން” އަކީ އަސްކަރިއްޔާ ތަކުގައި ކާމިޔާބީ ފާހަގަ ކުރުމަށާއި އަސްކަރީ ސަފުތަކުގެ ބަދަހިކަން ދައްކައިދިނުމާއި ޤައުމީ ރޫޙާއި ޖޯޝް ލަޝްކަރުގައި އަށަގެންނެވުމަށް ބާއްވަމުންގެންދާ ހަރަކާތެކެވެ. ޚާއްޞަކޮށް މި ހަރަކާތް ރަމްޒުކޮށްދެނީ ދީނާއި ޤައުމުގެ ޙައްޤުގައި ޝަހީދުވި މަތިވެރި އަބްޠާލުންގެ ޒިކުރާއެވެ.

ސިފައިންގެ ހުރިހާ ރޭންކެއްގެ ސިފައިން ބައިވެރިވާ މި ހަރަކާތް ކުރިއަށްދާއިރު ޤައުމީ ޝިޢާރާއި ސިފައިންގެ ޢަޒުމް އަޑު ހަރުކޮށް ކިޔަމުން ގެންދާނެއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.