ކުރިއަށް 3 މަސްދުވަހު ޗައިނާގެ ފަތުރުވެރިން ރާއްޖެ އައުމުގައި ސަމާލުވުމަށް އަންގައިފި

ރާއްޖޭގައި ޒިކާ ވައިރަސް ފެތުރެމުންދާތީ ކުރިއަށް އޮތް 3 މަސްދުވަހު ޗައިނާގެ ފަތުރުވެރިން ރާއްޖެ އައުމުގައި ސަމާލުވުމަށް އެ ޤައުމުން އަންގައިފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގައި އެންމެ ބޮޑު ރޯލެއް އަދާ ކުރާ ޗައިނާގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން އޮފް ސުޕަރވިޝަންއާ ޙަވާލާދީ ޗައިނާ ނިއުސް ސަރވިސް ނޫހުގައިވަނީ ރާއްޖެއަށް އެޤައުމުން އަންނަ ފަތުރުވެރިންނަށް މި ނޯޓިސް ދީފައިވަނީ ކުރިއަށް އޮތް 3 މަސްދުވަހަށް ކަމަށެވެ.

އިޝްތިހާރު Below Header ad

ޗައިނާގެ އިތުރުން އެމެރިކާއިންވެސް ވަނީ ރާއްޖެއަށް އައުމުގައި ސަމާލުވުމަށް އަންގާފައިވާ އިރު، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ވަނީ ޒިކާ ފެތުރެމުންދާ ޤައުމުތަކުގެ ލިސްޓުގައި ރާއްޖެވެސް ހިމަނާފައެވެ.

ރާއްޖޭގައި އުޅެފައި އެނބުރި ޤައުމަށް ދިޔަ، ސްޕެއިންގެ ފަތުރުވެރިއަކާއި ޖަރުމަރު ފަތުރުވެރިއެއްގެ ގައިން ޒިކާ ވައިރަސް ރާއްޖެއިން ފެނިފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ.

އެޗްޕީއޭއިން ބުނީ އެ ދެ މީހުން ވަނީ ރާއްޖޭގެ ރިސޯޓުތަކާއި ސަފާރީތަކުގައި އުޅެފައި ކަމަށެވެ.

ޗައިނާ އަކީ މި ފަހަކަށް އައިސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއްޤައުމުކަމަށްވެފައި މި ނޯޓިސްގެ ސަބަބުން ޗައިނާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު މަދު ވުމާއެކު ރާއްޖޭގެ އިޤްތިޞާދަށް އޭގެ ނޭދެވޭ އަސަރު ކުރާނެއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.