ޑީސަލުގެ އަގު ބޮޑުވުމުން ފެނަކައިން ޚިދުމަތްދޭ 153 ރަށެއްގެ ކަރަންޓު ބިލު ބޮޑުވެއްޖެ

ފެނަކަ ކޯޕަރޭޝަނުން ޚިދުމަތްދޭ އަތޮޅުތެރޭގެ 153 ރަށެއްގެ ކަރަންޓު ބިލަށް އޭގެ އަސަރުކޮށްފިއެވެ.

އެ ކޯޕަރޭޝަނުން ބުނީ ފިއުލް ސާރޗާޖު ނަގަން ފެށުމާއިއެކު، އެ ކުންފުނިން ޚިދުމަތް ދެމުން އަންނަ 153 ރަށަކުން ކަރަންޓު އަގުބޮޑުކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު Below Header ad

އެގޮތުން އޮކްޓޯބަރ މަހުގެ ބިލު ގޭގެއަށް ފޮނުވި އިރު ބިލު ހަދާފައިވަނީ، ފިއުލް ސާރޗާޖު ހިމަނައިގެން ކަމަށާއި ފިއުލް ސާރޗާޖު ނަގަން ނިންމީ، ސެޕްޓެމްބަރ 19 ވަނަ ދުވަހުން ފެށިގެން ޑީސަލް ލީޓަރެއްގެ އަގު 8.12 ރުފިޔާއަށް ބޮޑުކޮށްފައި ވާތީ ކަމަށެވެ.

ޑީސަލް ލީޓަރެއްގެ އަގު 8 ރުފިޔާއަށްވުރެ ބޮޑުވާނަމަ، އިތުރުވާ ކޮންމެ 10 ލާރިއަކަށް، 3ލާރި ފިއުލް ސާޗާޖުގެ ގޮތުގައި ނެގުމުގެ ހުއްދަ މޯލްޑިވްސް އެނަރޖީ އޮތޯރިޓީން، ފެނަކަ ކޯޕަރޭޝަނަށް ވަނީ ދީފައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.