އިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ބިލު ތަސްދީގު ކުރައްވައިފި

އިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ބިލު (ނަމްބަރު:2022/2) ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤުކުރައްވައިފިއެވެ.

މި ބިލަކީ، މި އަހަރުގެ އޭޕްރީލް 11 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 29 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

އިޝްތިހާރު Below Header ad

އިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ޤާނޫނަކީ ވިޔަފާރީގެ މުޢާމަލާތްތައް ކުރުމުގައާއި، އެނޫން ބޭނުންތަކުގައި އިލެކްޓްރޯނިކް ޛަރީޢާއިން މުޢާމަލާތުކުރުމާއި، ޓްރަސްޓްގެ ޚިދުމަތްތަކުގެ ބޭނުންކުރުން ކުރިއަރުވައި ތަރައްޤީކުރުމަށްޓަކައި، އިލެކްޓްރޯނިކް މުޢާމަލާތުގެ ޞައްޙަކަން ކަށަވަރުކުރެވޭނެ ނިޒާމެއް ޤާއިމުކޮށް، އިލެކްޓްރޯނިކް ޛަރީޢާއިން މުޢާމަލާތުކުރުމުގައި ޢަމަލުކުރާނެ އުސޫލުތަކާއި ޓްރަސްޓްގެ ޚިދުމަތްތަކުގެ ބޭނުންކުރުމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ.

މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި އިލެކްޓްރޯނިކް ސޮއި އަދި ޓްރަސްޓްގެ ޚިދުމަތްތައް ހިމެނޭގޮތަށް، ދިވެހިރާއްޖޭގައި އަދި ދިވެހިރާއްޖެއިން ބޭރުގައި ކުރެވޭ އިލެކްޓްރޯނިކް މުޢާމަލާތްތަކަށް ޤާނޫނީ ހައިސިއްޔަތު ދިނުމާއި، އިލެކްޓްރޯނިކް މުޢާމަލާތްތަކުގެ ޞައްޙަކަން ޤާނޫނީގޮތުން ކަށަވަރުކޮށްދިމާއި، އިލެކްޓްރޯނިކް މުޢާމަލާތްތައް ހިންގުމަށް މަގުފަހިކޮށްދިނުމާއި، އެކަންކަމަށް ޤާނޫނީގޮތުން ހުރި ހުރަސްތައް ނައްތާލުން އަދި އިތުބާރު ހިފޭ ޓްރަސްޓްގެ ޚިދުމަތްތައް މެދުވެރިކޮށް އިލެކްޓްރޯނިކް ޛަރީޢާއިން މުޢާމަލާތުކުރުން ކުރިއަރުވައި، އެފަދަ މުޢާމަލާތުކުރުމުގައި ޢާންމުންގެ އިތުބާރު ޤާއިމުކުރުން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ޤާނޫނު ތަސްދީޤުކުރެއްވުމާއި ގުޅިގެން މިއަދު ވަނީ މި ޤާނޫނު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް ޤާނޫނަށް ޢަމަލުކުރަން ފަށާފައެވެ. މި ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 10 މަސްދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމަށް ވެސް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.