މ. މުލި އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު
މ. މުލި އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބިން ހިއްކުމުގެ މަސައްކަތް ފެށުމުގެ ކުރިން އަޅަންޖެހޭ ބަންޑް ވޯލް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ މީގެ އިތުރުން ޓަރމިނަލް ބިލްޑިންގ ގެ ފައުންޑޭޝަން ގެ މަސައްކަތްތައް ވެސް ދަނީ ކުރެވެމުންނެވެ. މި މަޝްރޫޢުގެ ދަށުން، 14 ހެކްޓަރުގެ ބިންހިއްކުމާއި، 1،812 މީޓަރުގެ ސަރަޙައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 1،200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ޤާއިމުކުރުމާއި، ޓެކްސީވޭއަކާއި އޭޕްރަންއެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެ އެވެ.. މި މަޝްރޫޢަކީ 221.7 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.