ކީރިތި ޤުރުއާން އެންދުމުން ސްވިޑަންގައި ހަމަނުޖެހުން އިތުރުވަނީ

ހައްދުފަހަނަ އަޅާފައިވާ ކަނާތު ފިޔައިގެ ހަރުކަށި ސިޔާސީ ޕާޓީއެއްގެ ލީޑަރަކު ކީރިތި ޤުރުއާން އެންދުމުގެ ސަބަބުން ސްވިޑަންގައި ހަމަނުޖެހުންތައް އިތުރުވެއްޖެއެވެ. އެތައް ދުވަހެއްގެ މި ހަމަނުޖެހުން ތަކުގައި މަދުވެގެން 40 މީހުން ވަނީ ޒަޚަމްވެފައެވެ. އަދި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް އިތުރު އާލާތްތައް ބޭނުންވާ ކަމަށް ވެސް ސްވިޑަން ފުލުހުން ވަނީ ބުނެފައެވެ.

ޤުރުއާން އެންދުމަކީ ޑެނިޝް-ސްވިޑިޝް ސިޔާސީ ފަރާތެއް ކަމަށްވާ ހާޑްލައިން ޕާޓީގެ ލީޑަރު ރަސްމަސް ޕަލޫޑަން އާންމުކޮށް ކުރަމުން ގެންދާ ކަމަކަށް ވަނީ ވެފައެވެ. އޭނާއާއި އޭނާގެ ޕާޓީއަކީ ސްވިޑަންގައި ފާޅުގައި މުސްލިމުންނާއި އަދި އެޤައުމަށް އެތެރެވަމުންދާ ރެފިއުޖީންނާއި ދެކޮޅު، އަދި އެކި ގޮތްގޮތުން ދެކޮޅުވެރިކަން ފާޅުކުރަމުންދާ ބައެކެވެ.

އިޝްތިހާރު Below Header ad

މި ރަމަޟާން މަހު ސްވިޑަންގައި މުސްލިމް އާބާދީ އެންމެ ގިނަ ހިސާބުތަކަށް ދަތުރުކޮށް، އެހިސާބުތަކުގައި ޤުރުއާން އެންދުމުގެ ސިލްސިލާ ޓުއާރއެއް ކުރިއަށް ގެންދާނެ ކަމަށް ޕަލޫޑަން ވަނީ އިޢުލާނު ކޮށްފައެވެ. ބެލެވޭ ގޮތުގައި އޭނާގެ މި އަމަލަކީ އެޤައުމުގައި ސެޕްޓެމްބަރ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބަށް ސަޕޯޓު ހޯދުމުގެ ގޮތުން ކުރިއަށް ގެންދާ އަމަލެކެވެ. އެގޮތުން މިމަހު ކުރީކޮޅުގައި ވެސް އޭނާ ވަނީ ފުލުހުންގެ ހިމާޔަތާއެކު ސްވިޑަންގެ މުސްލިމުން ދިރިއުޅޭ އަވަށެއްގައި ޤުރުއާން އަންދާއި، މުސްލިމުން ރުޅި އަރުވާފައެވެ.

ހަމަނުޖެހުންތައް ފެށި އިތުރުވެފައި ވަނީ ފާއިތުވި ހުކުރު ދުވަހު އޮރީބްރޯ ސިޓީގައި އޭނާ ޤުރުއާން އެންދުމަށް މަސައްކަތް ކުރުމުންނެވެ. އެދުވަހު އޭނާ އެމުޑުދާރު އަމަލު ހިންގުމުގެ ކުރިން މުސްލިމުން ނިކުމެ ފުލުހުންނަށް ޙަމަލާދީ، އެކަންތައް ވަނީ ހުއްޓުވާފައެވެ. އެދުވަހުގެ އެއްވުމުގައި ފުލުހުންގެ 4 ކާރެއް އަންދާލައި، ފުލުހުންނާއި ދިމާލަށް ގާއުކައި އަދި ބެރިކޭޑްތައް ހަލާކުކޮށްލައި ފުލުހުންނަށް ވަނީ ހަމަލާ ދީފައި ކަމަށް ފުލުހުން ބުނެފައިވެއެވެ. އެދުވަހުގެ ހަމަނުޖެހުމުގައި ފުލުހުންގެ 4 އޮފިސަރުންނަށާއި އާންމުންގެ މީހަކަށް ވަނީ އަނިޔާވެފައެވެ.

ހަމައެދުވަހު މުސްލިމުން ދިރިއުޅޭ އެހެން އަވަށެއް ކަމަށްވާ ރިންކްބީގައި ޤުރުއާން އެންދުމުން މުސްލިމުން ރުޅިގަދަވެ ހަމަނުޖެހުން ހިންގާފައިވާ ކަމަށް އެޤައުމުގެ މީޑިއާތަކުން ވަނީ ބުނެފައެވެ. މިކަމުގެ ސަބަބުން ފާއިތުވި އާދީއްތަ ދުވަހު ވެސް 150 އެއްހާ މީހުން ލިންކޮޕިންގ އަދި ނޯރކޮޕިންގެ މަގުމައްޗަށް ނިކުމެ ފުލުހުންގެ ވެހިކަލްތަކުގައި ރޯކޮށް، އެއްވުން ކޮންޓްރޯލް ކުރަން މަސައްކަތް ކުރި ފުލުހުންނާ ދިމާލަށް ގާއުކުމުގެ ސަބަބުން 34 އަށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުންގެ އިސް ވެރިޔާ އެންޑާސް ތޯންބާގް ބުނެފައި ވަނީ، މިހާ ވަރުގަދަ އެއްވުން ތަކެއް މީގެ ކުރިން ދުވަހަކުވެސް ދެކިފައި ނުވާ ކަމަށެވެ.

ނޯރކޮޕިންގައި މީހުން އެއްވެފައި ވަނީ އެސިޓީގައި ޤުރުއާން އަންދާނެ ކަމަށް ޕަލޫޑަން ބުނުމުންނެވެ. އެހެންނަމަވެސް ފުލުހުން އޭނާ ހިމާޔަތް ކުރުމަށް ނުކުޅެދިފައިވާ ކަމަށް ބުނެ އެސިޓީއަށް އޭނާ ގޮސްފައެއް ނުވެއެވެ. ފުލުހުންގެ ނާޤާބިލް ކަމުން އޭނާއަށް ގެއްލުމެއް ވެއްޖެ ނަމަ ނުވަތަ އޭނާ މަރާލައިފި ނަމަ އެއީ ސްވިޑަންއަށް ލިބޭނެ ވަރަށް ބޮޑު ދެރައެއް ކަމަށް އޭނާގެ ޕާޓީއިން ކުރި ފޭސްބުކް ޕޯސްޓެއްގައި ވަނީ ބުނެފައެވެ.

ސްވިޑަންގައި ފުލުހުންގެ ހިމާޔަތާއި ރައްކާތެރިކަން ލިބިގެން މުސްލިމުންނާ ދެކޮޅު މިފަދަ އަމަލެއް ހިންގަމުން ދާތީ އެކަމުގެ ސަބަބުން އެތައް ބަޔަކު ވަނީ ރުޅިގަދަވެފައެވެ. އަދި މިފަދަ އަމަލުތައް ކުރުމަށް ޖާގަ ދީގެން ދެން ނުތިބޭނެ ކަމަށް ވެސް ދަނީ ބުނަމުންނެވެ. އަދި ކީތިރި ޤުރުއާން އެންދުމުން ސައުދީ އަރަބިއްޔާއިން ވެސް ވަނީ އެކަން ކުއްވެރިކޮށްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. ޢަޤްސާ މިސްކިޔް ތަޅާލައި ފަލަސްތީނު ހުރިހާ މުސްލިމުން ދަންޖައްސާލިޔަސް, ބަދަލުގައި ކާފަރުންނަށް އެޓޭކެއް ދޭން ނުގޮވާށޭ އަދި ނުވެސް ވިސްނާށޭ. މުސްލިމުން ތަޅައި މަރައި ގެދޮރުތައް ސުންނާފަތި ކޮށްލިޔަސްކާފަރުންގެ މައްޗަށް އަނިޔާވެރި ނުވުމަށް ޓެރަރިޒަމް ގާނޫނު ބުނާކަހަލަ. ޙަގީގަތް: ޓެރަރިޒަމް ގާނޫނަކީ އަނިޔާވެރިން ހިމާޔަތްކުރާ ގާނޫނެެއް ކަމަށް ބެލެވޭނެ ޖާގަ މިހިރަ ފެންނަނީ

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.