ދުވަސްކޮޅެއްގެ މެދުކެނޑުމަކަށްފަހު ސްޓެލްކޯގެ މުވްއްޒަފުންނަށް ދެމުންގެންދިޔަ ހައްޖާއި އުމްރާގެ ފުރުސަތުތައް އަލުން ފަށައިފި

ދުވަސްކޮޅެއްގެ މެދުކެނޑުމަކަށްފަހު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ މުވްއްޒަފުންނަށް ދެމުންގެންދިޔަ ހައްޖު އަދި އުމްރާގެ ފުރުސަތުތައް އަލުން ފަށައިފިއެވެ. ސްޓެލްކޯގެ މުވައްޒަފުންނަށް ރޭ ބޭއްވި ހާއްސަ ތަރާވީހުގައި ހައްޖާއި އުމްރާގެ ފުރުސަތު ލިބުނު މުވައްޒަފުންނަށް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރ އަހުމަދު ޒާހިރާއި، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފްއެވެ.

ސްޓެލްކޯގެ މުވައްޒަފުންނަށް ރޭ ބޭއްވި ހާއްސަ ހަފްލާގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ އެމްޑީ ވިދާޅުވެފައި ވަނީ، ރަމަޟާން މަސް އިހްޔާ ކުރުމަށް ސްޓެލްކޯގައި އުފެދިފައި އޮތް ސަގާފަތް އަލުން މިފެށީ ކަމަށެވެ. އަދި އެކުންފުނިން ދެމުންގެންދިޔަ ހައްޖު އަދި އުމްރާގެ ފުރުސަތުތައް ދުވަސްކޮޅެއްގެ މެދުކެނޑުމަކަށް ފަހު އަލުން ދޭން ފެށުނުކަން ވެސް ފާހަގަ ކުރެއްވިއެވެ. އަދި ރަމަޟާން މަހަކީ ބަރަކާތުން ފުރިގެންވާ މައްސަރަކަށްވުމުން، އެ މަހުގެ ބަރަކާތްތެރިކަން ހާސިލް ކުރެވޭތޯ ހުރިހާ މުވައްޒަފުންވެސް ގަދައަޅާ މަސައްކަތް ކުރުމަށާއި، ވީހާވެސް ގިނައިން ގުރުއާން ކިޔެވުމަށާއި ޒިކުރުކުރުމަށާއި އަޅުކަން ކުރުމުގައި ދެމި ތިބުމަށް އިލްތިމާސްކޮށް މުވައްޒަފުންނަށް ނަސޭހަތްތެރި ވެފައިވެއެވެ.

އިޝްތިހާރު Below Header ad
MD shareef
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް—–ފޮޓޯ: ސްޓެލްކޯ

މީގެ އިތުރުން މުވައްޒަފުންނަށް އެކުންފުނިން ފޯރުކޮށްދެމުންގެންދާ އިނާޔަތްތަކާއި ކޮށްދެއްވަމުންގެންދަވާ ކަންކަމުގެ ބަދަލުގައި ހަމައެކަނި ބޭނުންފުޅުވަނީ ހެޔޮހިތުން ހިނިތުންވުމާއެކު ރައްޔިތުން އެދޭފަދަ ރަނގަޅު ހިދުމަތްތަކެއް އިހްލާސްތެރިކަމާއެކު އެ ރައްޔިތުންނަށް ދެމުން ގެންދިއުން ކަމަށާއި، ރައްޔިތުން ސްޓެލްކޯގެ ހިދުމަތް ބަލައިގަންނަ ކަމުގެ އިހްސާސް ކުރެވުން އެއީ ކުންފުނީގެ މަގްސަދު ހާސިލްވުން ކަމަށް އެމްޑީ ޝަރީފް ވަނީ ވިދާޅުވެފައެވެ.

ސްޓެލްކޯގެ ފަރާތުން މިއަހަރު އުމްރާގެ އަޅުކަމުގެ ފުރުސަތު ލިބިފައި ވަނީ ވިލިނގިލީ އިންޖީނުގޭގެ އަބުދުﷲ ޝަފީގްއަށާއި ކޯޕަރޭޓް އެންޑް ލީގަލް އެފެއާޒް ޑިޕާޓްމަންޓްގެ ސަމީރާ ހުސައިންއަށެވެ. އަދި ހައްޖުގެ އަޅުކަމުގެ ފުރުސަތު ލިބިފައި ވަނީ ޓްރާންސްޕޯޓް، ލޮޖިސްޓިކްސް އެންޑް މެއިންޓަނެންސް ޑިޕާޓްމަންޓްގެ މުހައްމަދު އަބޫބަކުރުއަށާއި ކަސްޓަމަރސަވިސަސް އެންޑް ބިލިންގ ޑިޕާޓްމަންޓްގެ ނަޒްނާ އަހުމަދްއަށެވެ.

stelco umrah
ސްޓެލްކޯ މުވައްޒަފުންނަށް ރޭ ބޭއްވި ހަފްލާގެ ތެރެއިން—–ފޮޓޯ: ސްޓެލްކޯ

ރޭގެ ހަފްލާގައި ހައްޖާއި އުމްރާގެ އަޅުކަމަށް ފުރުސަތު ލިބުނު ބައެއް މުވައްޒަފުންވެސް ވަނީ ވާހަކަ ދައްކަވައި ޝުއޫރު ފާޅު ކުރައްވާފައެވެ. އެގޮތުން އުމްރާގެ ފުރުސަތު ލިބުނު ސަމީރާ ހުސައިން ވިދާޅުވެފައި ވަނީ، ކޮންމެ އަހަރަކުވެސް ކުރިމަތި ލައިގެން މިފަހަރު އެ ފުރުސަތު ލިބުނީތީ ވަރަށް އުފާވާކަމަށެވެ. އަދި އެ ފުރުސަތު ލިބުނީތީ ހެއްދެވި ފަރާތަށާއި ސްޓެލްކޯގެ މެނޭޖްމަންޓަށް ޝުކުރު ދަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.

ހައްޖުގެ ފުރުސަތު ލިބުނު މުހައްމަދު އަބޫބަކުރު ވިދާޅުވީ، ލިބިގެންމިދިޔައީ ވަރަށް ބޮޑު ނިއުމަތެއް ކަމަށެވެ. އަދި އެކަމަށް ޓަކައި ވަރަށް ޙަމްދު ކުރާ ކަމަށާއި، ލިބިގެން މިދިޔައީ ވަރަށް ބޮޑު ނިޢުމަތެއް ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ. އޭނާ އެދެނީ އަބަދުވެސް މުވައްޒަފުންނަށް ފައިދާހުރި މިފަދަ ގިނަ ފުރުސަތުތައް ހުޅުވާލައި، މިފަދަ ކަންކަން މެނޭޖްމަންޓުގެ ފަރާތުން ކުރަމުން ގެންދިއުން ކަމަށާއި، ހާއްސަކޮށް މި ފުރުސަތު ލިބުން މެދުކެނޑިފައިވަނިކޮށް މެނޭޖިންގ ޑިރެކްޓަރު ޝަރީފް އަލުން މިފުރުސަތު ހުޅުވައިދެއްވީތީ ވަރަށް ބޮޑު ޝުކުރެއް ދަންނަވަން ބޭނުންވާ ކަމަށް މުހައްމަދު އަބޫބަކުރު ވިދާޅުވިއެވެ.

ސްޓެލްކޯއިން ދެމުންގެންދާ ހައްޖުގެ އަޅުކަމުގެ ފުރުސަތަށް ޝަރުތު ހަމަވަނީ އެކުންފުނީގައި 15 އަހަރު ހިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށެވެ. އަދި އުމްރާގެ އަޅުކަމުގެ ފުރުސަތައް ކުރިމަތިލެވެނީ ސްޓެލްކޯގައި 5 އަހަރު ހިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.