އިންޑިއާގެ ޗީފް އޮފް ދަ ނޭވަލް ސްޓާފް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

އިންޑިއާގެ ޗީފް އޮފް ދަ ނޭވަލް ސްޓާފް އެޑްމިރަލް ރާދަކްރިޝްނަން ހަރީ ކުމާރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްދަމު ޞާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. ރައީސް އޮފީހުން ހާމަ ކުރައްވާފައިވާ ގޮތުގައި، މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު މެންދުރު ކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެޑްމިރަލް އާރު ހަރީ ކުމާރު ރާއްޖެއަށް ވަޑައިގަތުމާއި ގުޅިގެން މަރުޙަބާ ވިދާޅުވެފައެވެ. އަދި، ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ރާއްޖެއާއި އިންޑިއާ އާއި ދެމެދުގައި ދިފާޢީ ގޮތުން އިތުރަށް ގުޅުން ބަދަހިކުރެވިފައިވާކަން ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިފާޢީގޮތުން ދޭ އެއްބާރުލުމަކީ ދެ ޤައުމުގެ ދެމެދުގައިވާ އެކުވެރިކަމުގެ މައިގަނޑު އެއް އަސާސު ކަމުގައި ވިދާޅުވެފައެވެ.

އިޝްތިހާރު Below Header ad

އެޑްމިރަލް އާރު ހަރީ ކުމާރު ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު ވަނީ މެރިޓައިން ސޭފްޓީ ޙަރަކާތްތަކާއި، ދެ ޤައުމުގެ ސިފައިން ގުޅިގެން ހިންގާ އެކްސަރސައިޒްތަކާއި، އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ޕެޓްރޯލްކުރުން ހިމެނޭހެން ރާއްޖެއާއި އިންޑިއާ އާ ދެމެދުގައި ދިފާޢީ ގުޅުން ބަދަހިކުރުމުގެ ޙަރަކާތްތައް ކުރިޔަށްދާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެޑްމިރަލް އާރު ހަރީ ކުމާރު ރާއްޖެއަށް މި ކުރެއްވި ޒިޔާރަތަކީ ކާމިޔާބު ޒިޔާރަތަކަށް ވުމަށް އެދިވަޑައިގެންފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.