ބަޓަރޗިކަން ބިރިޔާނީ: ރަހަމީރު އެއްޗެއް..

  • ނުންވާނޭ ތަކެތި:

½ ޖޯޑު ހަނޑޫ (ތަންކޮޅެއް ހަރުކޮށް ކައްކާފައި)

300 ގްރާމް ބޯންލެސް ކުކުޅު (ބޮޑުކޮށް)

އިޝްތިހާރު Below Header ad

2 ބޮޑުފިޔާ (ތުނިކޮށް ކޮށާފަ. މުރަނަވާވަރަށް ތެލުލާފަ)

½ ޖޯޑު ޓޮމާޓޯ ޕިއުރޭ

3 މޭޒުމަތީ ސަމުސާ ޕްލޭން ޔޯގަޓް

1 މޭޒުމަތީ ސަމުސާ އިނގުރު އަދި ގާރލިކް ޕޭސްޓް (ކޮންމެ އެއްޗަކުން ½ ސަމުސާ)

2 މޭޒުމަތީ ސަމުސާ ކޮތަންބިރި (ހަނާކޮށް މުގުރާފަ)

2 މޭޒުމަތީ ސަމުސާ މުގުރި ހިކިމިރުސް

½ ޖޯޑު ކޮތަންބިރި ފަތް (ކުދިކޮށް ކޮށާފަ)

½ ޖޯޑު ކުދީނާ ފަތް (ކުދިކޮށް ކޮށާފަ)

2 މޭޒުމަތީ ސަމުސާ ކެޝޫނަޓް (ޕޭސްޓް)

1 މޭޒުމަތީ ސަމުސާ ގަރަމް މަސާލާ

4 ކާފޫރުތޮޅި، ކަރަންފޫ، 2 އިންޗީގެ ފޮނިތޮށި

½ 1 ސައިސަމުސާ ހަކުރު އަދި ލޮނު

butter-chicken-buriyani-1

ހަދާނެ ގޮތް:

ބޮޑު ބޯތައްޓަކަށް ކުކުޅާއި ފިޔާގެ ½ ، ޓޮމާޓޯ ޕިއުރޭ، ޔޯގަޓް، ޖިންޖަރ / ގާރލިކް ޕޭސްޓް، މުގުރި ކޮތަންބިރި، މުގުރި ހިކިމިރުސް، ކޮތަންބިރި ފަތުގެ ½ އާއި ކުދީނާފަތުގެ ½ ، ކެޝޫނަޓްސް ޕޭސްޓް، ހަކުރު، ލޮނު ރަނގަޅަށް އެއްކޮށްލުމަށްފަހު މޮޑެލާށެވެ.

ކައްކަން ބޭނުންވާ ތެއްޔަށް ތެޔޮފޮދެއް އަޅާ ހޫނު ކޮށްލުމަށްފަހު، ފޮނިތޮށި، ކަރަންފޫ، ކަފޫރުތޮޅި ހަނާކޮށްލާށެވެ. އަދި ކުރިން މޮޑެފައި ހުރި ކުކުޅު މިކްސް ތެއްޔަށް އަޅާ، ކުޑަފެންފޮދެއް އަޅާ، އެއްކޮށްލާށެވެ. އަދި މަތިޖަހާ 15 ވަރަކަށް މިނެތް ވަންދެން މަޑުގިނީގައި ކެއްކުމަށް ފަހު، ލޮނު ހެޔޮވަރުކޮށްފަ އުނދުންމަތިން ބާލާށެވެ.

butter-chicken-buriyani-2

ދެން އެހެންތެއްޔެއްގައި ތެޔޮފޮދެއް އަޅާފައި (ބޭނުމިއްޔާ) 2 އަލުވި ތުނިފޮއްޗަށް މަށާފަ ތެލީގައި އަތުރާލެވިދާނެއެވެ. އަލުވީގެ މައްޗަށް ކުރިން ކެއްކި ކުކުޅު މިކްސް އާއި ކުރިން ކެއްކި ފިޔާކޮޅުން ކުޑައެތިކޮޅަކާއި ކޮތަންބިރި ފަތާއި ކުދީނާ ފަތްކޮޅުންވެސް އަޅާށެވެ. އަދި އޭގެ މައްޗަށް ކައްކާފަ ހުރި ބަތްކޮޅު އަޅާފަ، އޭގެ މައްޗަށް ބާކީހުރި ފިޔާ، ކޮތަންބިރިފަތް، ކުދީނާފަތް އަޅާ ރަނގަޅަށް މަތި ކޮށްގެން މަޑުގިނީގައި 10 މިނެޓް ވަންދެން ކައްކާށެވެ.

butter-chicken-buriyani-4

ބޯންލެސް ކުކުޅު ނަމަ، މިބުނި ވަގުތުން ހުންނާނީ ކެކިފައެވެ. ކައްޓާއެކު ހުރި ކުކުޅު ނަމަ، ފުރަތަމަ ކެއްކި ވަގުތު 20 ނުވަތަ 2 މިނެޓަށް އިތުރު ކޮށްލުމުން ރަނގަޅުވާނެއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.