ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އަށް ކޯޗުން ހޯދަން އިޢުލާން ކޮށްފި

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސްއޯއެމް) އަށް ކޯޗުން ހޯދަން އިޢުލާން ކޮށްފިއެވެ.

އެސްއޯއެމް އިން ހޯދަން އިޢުލާން ކޮށްފައިވަނީ ފުޓްބޯޅަ އަދި އެތްލެޓިކްސް ކޯޗުންނެވެ. އިޢުލާނުގައި ބުނެފައިވަނީ މި ދެ ކުޅިވަރަށް ވެސް އަންހެން އަދި ފިރިހެން ކޯޗުން ބޭނުންވާ ކަމަށާއި މި ދެ ކުޅިވަރުގެ ކޯޗުންގެ މުސާރައަކީ މަހަކު 4000 ރުފިޔާ އާއި 5000 ރުފިޔާ އާއި ދެމެދު ކަމަށް ބުނެފައިވެއެވެ.

އިޝްތިހާރު Navee1 jpg

އެތްލެޓިކްސް ކޯޗުގެ ޝަރުތުތަކުގެ ތެރޭގައި IAAF  ކޯޗިންގ ދަށްވެގެން ލެވެލް 1 އޮތުން ނުވަތަ ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަން ޤަބޫލުކުރާ ކޯޗިންގ ކޯހެއް ހަދާފައިވުން ނުވަތަ ފިޒިކަލް ފިޓްނަސް ކޯހެއް ހަދާފައިވުން ހިމެނޭއިރު، އެތުލެޓިކްސް ކްލަބެއްގައި އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވުން ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ގެންގުޅުމުގެ ކޯހެއް (ޓީޗިންގ) ހަދާފައިވުން ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތް ކުރުމުގެ ޝައުޤު ހުރުން ވެސް ހިމެނެއެވެ.

އިޝްތިހާރު

ފުޓްބޯޅަ ކޯޗުގެ ޝަރުތުތަކުގެ ތެރޭގައި ފުޓްބޯޅަ ބީ ލައިސެންސް އޮތުން ނުވަތަ ފުޓްބޯޅަ ސީ ލައިސަންސް އޮތުން ނުވަތަ ފުޓްބޯޅަ ގްރާސް ރޫޓު ކޯޗިންގ ހަދާފައިވުން ނުވަތަ ފުޓްބޯޅަ ކްލަބެއްގައި އެސިސްޓެންސް ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވުން ހިމެނެއެވެ.

photo6248976089544240902

މި މަގާމުތަކުގެ މަސްއޫލިއްޔަތުތަކަކީ ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އިން އަންގާ ގޮތެއްގެމަތިން ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ކުދިން (ފަރާތް) ގެ އެތުލެޓިކްސް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރުމެވެ. އެއް އަހަރުދުވަހަށް ނަގާ މި ކޯޗުންގެ އަހަރު ގުނާނީ އެއްބަސްވުމުގައި ސޮއި ކުރާ ތާރީޚުން ފެށިގެން ކަަމަށް އެސްއޯއެމް އިން ބުނެއެވެ.

މި މަގާމުތަކަށް އެޕްލިކޭޝަން ފޮނުވުމުގެ ސުންގަޑިއަކީ 20 އެޕްރީލް 2022 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިންނެވެ. ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރު ފަހު 13:00 އަށް މި މަގާމުތަކަށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށާއި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ އޮފީސް (ގަލޮޅުދަނޑު އެކަމަޑޭޝަން ބްލޮކް) ނުވަތަ [email protected] މެއިލް މެދުވެރިކޮށް ވެސް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް އެސްއޯއެމް އިން ބުނެއެވެ.

ވަޒީފާ އަށް އެދޭ ފޯމު ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ އޮފީހުންނާއި www.somaldives.org  އިން ޑައުންލޯޑު ކުރެވޭނެއެވެ.

https://www.gazette.gov.mv/iulaan/189916

https://www.gazette.gov.mv/iulaan/189913

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.